މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/87
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 17 އޮކްޓޫބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ބޭނުންކުރާ ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތި ދޮވުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދިނުމާއި، ދޮވެ ނިމުމުން އެމް.ބީ.ސީ އަށް ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި ބޭނުންކުރާ ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތި 1 އަހަރުދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ދޮވުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސްދިނުމާއި، ދޮވެ ނިމުމުން އެމް.ބީ.ސީ އަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-OAA/23/2016/70 (5 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނަށް ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 އޮކްޓޫބަރު 2016