ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
| އެޑްމިނިސްޓްރޭޓިވް އޮފިސަރ | މަޤާމުގެ ނަން: | 
| ދާއިމީ | މަޤާމުގެ ގިންތި: | 
| ޖީ. އެސް. 4 (ޖެނެރަލް ސަރވިސް 4) | މަޤާމުގެ ރޭންކް: | 
| އޮފިސަރ ގްރޭޑް 2 | މަޤާމުގެ ކްލެސިފިކޭޝަން: | 
| ވާދޫ ސްކޫލް / ރ. ވާދޫ | އޮފީސް / އިދާރާ: | 
| ވާދޫ ސްކޫލް / ރ. ވާދޫ | ވަޒީފާ އަދާކުރަންޖެހޭ އޮފީސް: | 
| ބަޖެޓް އެންޑް މެއިންޓަނެންސް | ޔުނިޓް: | 
| ރ. ވާދޫ | ވަޒީފާ އަދާކުރަންޖެހޭ ރަށް: | 
| މަހަކު -/5،020 ރުފިޔާ | މުސާރަ: | 
| ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1،500 ރުފިޔާއާއި، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | އެހެނިހެން ޢިނާޔަތް: | 
| 1 (އެކެެއް) | ބޭނުންވާ އަދަދު: | 
| 1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | މަޤާމުގެ ޝަރުޠު: | 
| މައިގަނޑު މަސައްކަތް: 1. ރަސްމީ ބަޖެޓާއި، ސްކޫލުގެ އެހެނިހެން ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ލިޔެބެލެހެއްޓުން. 2. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ފައިސާއާބެހޭ ރިޕޯޓްތަކާއި ލިޔުންތައް، ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން. 3. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ، އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. 4. އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން. ބަޖެޓް ފޮތްތައް ލިޔެެ ބެލެހެއްޓުން: - ސްކޫލުގެ އާމްދަނީގެގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާމެދު ތިރީގައިވާގޮތުގެމަތިން ޢަމަލުކުރުން. - ފައިސާ ބަލައިގެންފައިދޭ ރަސީދުގައި ލިޔެ ފައިސާ ބަލައިގަތުން. - މި ފައިސާ ތިޖޫރީއަށް ޖަމާކޮށް، ހަމަ އެދުވަހު 'ތިޖޫރީ ބާކީ' ފޮތަށް އެރުވުން. - ސްކޫލް ހިންގުމަށް ލިބޭ ފައިސާ ފިޔަވައި އެކައުންޓަށް ޖަމާވާ އެހެނިހެން ފައިސާވެސް، ލިބޭ ފައިސާގެ ދުވަހު ފޮތަށް އެރުވުން. - މިގޮތަށް ލިބޭ ފައިސާގެ ބާކީއަށް އެރުވުން. - މި ފައިސާ 'އެހެނިހެން ފައިސާގެ އައިޓަމް ބާކީ' އަށް އަރުވައި ބެލެހެއްޓުން. - ސްކޫލުގެ އިދާރީ ހިންގުމަށް ލިބޭ ފައިސާ ފިޔަވައި އެހެނިހެން ގޮތްގޮތުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރެވޭނެ ލިޔެ ކިޔުންތައް ފުރިހަމަކުރުމަށްޓަކައި ތިރީގައިވާގޮތުގެމަތިން ޢަމަލުކުރުން. - ލިބޭ ބިލްތައް ފައިސާ ހުއްދަދޭ ފޮތުގައި ލިޔެ، އިދާރީކަންކަން ބެލެހެއްޓެވުމާ ހަވާލުވެހުންނަވާ ވެރިޔާ ޗެކްކުރައްވައި ސޮއިކުރެއްވުމުން، އިސްވެރިޔާ ސޮއިކުރެއްވުމަށް ގެންދިއުން. - ފައިސާ ޚަރަދުކުރަން އިސްވެރިޔާ ހުއްދަ ދެއްވުމުން، 'އެހެނިހެން ފައިސާ ހަވާލުކުރާ' ފޮތުގައި ލިޔުން. - ހުއްދަދެއްވި ފައިސާ 'އެހެނިހެން ފައިސާގެ ބާކީ' އިން އުނިކުރުން. - ހުއްދަދެއްވި ފައިސާ ތިޖޫރީން ނަގައި 'ތިޖޫރީ ބާކީ' އިން އުނިކުރުން. - މި ފައިސާ ބިލްތަކުގެ ވެރިފަރާތާ ހަވާލުކުރާއިރު، 'ފައިސާ ހަވާލުކުރާ' ފޮތުގައި ސޮއިކުރުވުން. - ބިލް އެންޓްރީގައި ފައިސާދެއްކިކަމަށް ނޯޓުކުރުން. - ފައިސާ ހަވާލުކުރެވުނު ބިލްތަކުގައި ހުއްދަ ނަންބަރާއި ބިލްގެ ވަނަޖަހައި ފައިލްކުރުން. - ކޮންމެ މީލާދީ މަހެއް ނިމުމުން، ޖެހިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެހެނިގެން ފައިސާގެ ރިޕޯޓާއި ބަޖެޓް ރިޕޯޓް ތައްޔާރުކޮށް، އިދާރީ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެހުންނަވާ ވެރިޔާ ޗެކްކުރެއްވި ސޮއިކުރެއްވުމުން، އިސްވެރިޔާ ސޮއިކުރެއްވުމަށް ގެންދިއުން. - މަތީގައިވާ ގޮތުގެމަތިން ޕީޓީއޭ ފައިސާގެ ކަންތައްތައް ކުރިޔަށްގެންދިއުން. މުސާރަ ޝީޓް ތައްޔާރުކުރުމާއި މުސާރަދިނުން: - ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މުސާރަޝީޓް ތައްޔާރުކުރުމާއި، ކުރީގެ ޝީޓްތަކުގައި ހިމެނިފައިނުވާ މުވައްޒަފުންނަށް ލިބެންވާ ހުރިހާ ފައިސާއެއް މުސާރަޝީޓުގައި ހިމެނުން. - މުސާރައާއި އެލަވަންސް ފައިސާ ބޭންކުން ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން. - މަހުގެ އެންމެ ފަހުދުވަހު މުވައްޒަފުންގެ މުސާރަ އެ މުވައްޒަފަކާ ހަވާލުކުރުން. - މުވައްޒަފުންނަށް އެމީހުންނަށް ހަވާލުކުރެވުނު ފައިސާގެ ތަފްސީލް އެނގޭނޭފަދަ ލިޔުމެއް ކޮންމެ މަހަކުވެސް ހަވާލުކުރުން. އިދާރީ ކަންކަމުގައި އެހީތެރިވުން: - އިދާރީކަންކަން ބެލެހެއްޓެވުމާ ހަވާލުވެހުންނެވި ވެރިޔާ އަންގަވާ އިދާރީ މަސައްކަތްކުރުން. - އިދާރީ މަސައްކަތުގައި ސްކޫލުގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން. - ގުދަނުގައި ރައްކާކުރެވޭ ތަކެތި އެތަކެއްޗަށް ގެއްލުންނުވާނޭހެން ރައްކާކުރުން. - މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް، ނަންލިޔެ، ސެލޯފިންލައި، ފުރިހަމަކުރުން. - ބިދޭސީ ޓީޗަރުންގެ ރިޒަރވޭޝަން ހަމަޖެއްސުން. - ބިދޭސީ ޓީޗަރުން އަހަރީ ޗުއްޓީއަށް ދިއުމާއި އެނބުރި އައުމުގެ ދަތުރު ހަމަޖެއްސުން. | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
| 1 ލިބިފައިވާ ތަޢުލީމާއި ތަމްރީން. 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. | ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: | 
| އިންޓަވިއު ކުރުން އޮންނާނީ، 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހު، ވާދޫ ސްކޫލުގައެވެ. އިންޓަވިއު އޮންނަ ގަޑި، ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ. | އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި މުއްދަތު: | 
| 2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ރ. ވާދޫ ސްކޫލަށެވެ. | އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު: | 
| 1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ވާދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. ނ. ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ރ. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580362 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580407 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. | އިތުރު މަޢުލޫމާތު: | 
2 މުޙައްރަމް 1438