ވަޒީފާގެ ފުރުޞަތު
ނަންބަރު: KS-R/IUL/2016/02
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 11 އޮކްޓޫބަރު 2016 14:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

ވަޒީފާ އަދާކުރަންޖެހޭ ތަން: ކަލާފާނު ސްކޫލް

މަޤާމު:  ކޮމްޕިއުޓަރ ޓެކްނީޝަން 

ބޭނުންވާ އަދަދު: 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް. އެސް 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

 

 

 

 

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

4 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ޕްރޮޖެކްޓަރ، ސައުންޑް ސިސްޓަމް، ފަދަ ތަކެތީގެ ސްޓޭޓަސް ބެލުމާއި މެއިންޓެއިން ކުރުން

2. ކޮމްޕިއުޓަރތަކާއި ކޮމްޕިއުޓަރ ނެޓްވަރކް ބެލެހެއްޓުމާއި ނެޓްވަރކް އެޅުން.

3. ސާވަރ ބެލެހެއްޓުމާއި މެއިންޓެއިންކުރުން.

4. އެޓެންޑެންސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި މެއިންޓެއިން ކުރުން.

5. ފޯނު ލައިންތަކުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ ހައްލުކޮށް ބެލެހެއްޓުން.

6. ސައުންޑް ސިސްޓަމް، ބެލް ސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

7. ކްލާސްތަކުގައި ބަހައްޓާފައިވާ ސްމާޓްބޯޑުތަކާއި ސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

8. ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި ކޮމްޕިއުޓަރާއި ޕްރިންޓަރާއި އެފަދަ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

9. މުވައްޒަފުންނަށް ބޭނުންވާ ޔޫޒަރ އެކައުންޓާއި – އީމެއިލް ކްރިއޭޓްކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަންޖެހޭ ތަކެތި

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ.)

- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި:

  • މިމަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
  • މި މަޤާމުތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެއްވުމަށްފަހު ހޮވޭ 15 ބޭފުޅުންނަށެވެ.

އިތުރު މަޢުލޫމާތު:

  • މި ސްކޫލުގެ ފޯނު: 3326607،  ފެކްސް: 3314457
  • ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބިވަޑައިގަންނަވަން ހުންނާނެއެވެ.

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016