ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2016/07
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 13 އޮކްޓޫބަރު 2016 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓެންޓް އައި.ޓީ އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު:            އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް:        ދާއިމީ

އަދަދު:             1

މުސާރަ:            މަހަކު -/5500 ރުފިޔާ

ޢިނާޔަތް:           ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

                ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:  ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން އަދި ޓްރައިބިއުނަލްގެ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ އިދާރީ ސަޕޯޓް ދިނުން.

ފެންވަރު ނުވަތަ ޝަރުޠު:  1. ޖީ.ސީ.އީ. އޯލެވެލްގެ 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ

                2. ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، އިންޓަރވިއުއިން ފާސްވުން.

މަސައްކަތްކުރަންޖެހޭ ތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމު:            އެސިސްޓެންޓް އައި.ޓީ އޮފިސަރ

މަޤާމުގެ ބާވަތް:       ދާއިމީ

އަދަދު:            1

މުސާރަ:           މަހަކު -/5500 ރުފިޔާ

ޢިނާޔަތް:          ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

               ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:  ޓްރައިބިއުނަލްގެ ކޮމްޕިއުޓަރުތަކާއި، ރެކޯޑު ކުރާ ނިޒާމާއި، ނެޓްވަރކް، ސާވަރ އަދި މިނޫންވެސް ޓެކްނޮލޮޖީއާ ގުޅޭ ތަކެތި ހޯދުމުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނެޓްވަރކާއި ސާވަރ، ސޮފްޓްވެއަރތަކާއި، އަ.އިޓީ އާގުޅޭ އިލެކްޓްރޯނިކް ސާމާނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ބެލެހެއްޓުން، އަދި ޓްރައިބިޔުނަލްގެ ވެބްސައިޓް ހެދުމުގައި އެހީތެރިވުމާއި، ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މުވައްޒަފުންނަށާއި މެމްބަރުންނަށް އެހީތެރިވެދިނުން.

ފެންވަރު ނުވަތަ ޝަރުޠު: 1. މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވުން، ނުވަތަ

               2. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

               3. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތްކުރަންޖެހޭ ތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.  

ވީމާ މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި، 3 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

27 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016