ދިވެހިރާއްޖެ
ބޯޓު "ފާތިމާ" ރަޖިސްޓަރީ ނަންބަރު: P5223A-02 09-F އަދި އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާބެހޭ
ބޯޓުގެ ތަފުސީލު:
ބާވަތް: ބޯޓު
ނަން: ފާތިމާ
ރަޖިސްޓަރީ ނަންބަރު: P5223A-02 09-F
މުދަލުގެ ތަފުސީލު: ދިގުމިން: 29.600 މީޓަރ، ފުޅާމިން 9.500 މީޓަރ، ފުންމިން: 3.380 މީޓަރ، ޓަނޭޖް: 89.180
ވެރިފަރާތް: އަލްފާޟިލް އަޙްމަދު ފިރާޤު، މީނާޒް، ބ. މާޅޮސް
ނޯޓު: މި ބޯޓަކީ ލަކުޑިން ބަނދެފައި އޮތް ސަފާރީއެއްގެގޮތުގައި މިވަގުތު ބޭނުންކުރަމުންދާ ބޯޓެކެވެ. ބޯޓު ވިއްކާލުމަށް ހަމަޖެހިފައިވަނީ ބޯޓުގައިވާ އިންޖީނާ އެކުގައެވެ. ބޯޓުގައިވާ އިންޖީނުގެ ތަފުސީލު ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. މި ބޯޓު ރަޖިސްޓަރީ ކޮށްފައިވަނީ 15 މޭ 2003 ގައެވެ.
އިންޖީނުގެ ތަފުސީލު:
ބާވަތް: މެރިން ޑީސަލް އިންޖީނު
ބްރޭންޑް: ކަމިންސް (300hp)
މޮޑެލް ނަންބަރު: NT855
ބޯޓު އަދި އިންޖީނު ރަހުނުކުރެވިފައިވަނީ: ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް (C-73/2002) ދޫކޮށްފައިވާ ޑިމާންޑް ލޯނަކަށް.
ރަހުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 450/Cv-C/2015 އިން
ނީލަމުގެ ތަފުސީލު:
އެންމެ މަދުވެގެން ހުށަހެޅޭނެ އަގު: -/2,500,000(ދެ މިލިއަން ފަސް ލައްކަ) ރުފިޔާ
މުއްދަތު ހަމަވާ ތާރީޚު: 23 އޮކްޓޫބަރު 2016 ގެ މެންދުރުފަހުގެ 1:30 އަށް
މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މި ބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމުލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލު ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ސިޓީއުރައެއްގައި ބަންދުކުރައްވާފައި، ހެނދުނު 9:00 އާ މެންދުރުފަހުގެ 1:30 އާ ދެމެދު ސީޓްރެކްސް ބިލްޑިންގުގެ 7 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ ރިކަވަރީސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ސަފާރީ ފާތިމާ ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ: - ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ)
ކުންފުންޏެއްނަމަ: - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން
- މީގެ އިތުރުން ނީލަމަށް ހުށަހާޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެ ފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 6 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚުގެ 7 (ހަތެއް) ދުވަސް ކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓް ވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. ބިޑާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ރިކަވަރީސް ޑިޕާޓްމަންޓާ (ފޯން ނަންބަރު: 3330187 / 3015385، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ، ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑު ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހައި ފަރުދުންނަށް އަދި ކުންފުނިތަކަށް މި ނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ބޯޓު އަދި އިންޖީނު ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.