ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/65
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 11 އޮކްޓޫބަރު 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރު IUL)213-AD/1/2016/64) ކެންސަލްކޮށް އަލުން އިޢުލާންކުރުން

މަޤާމު:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                  01

ރޭންކް:                       ޖީ.އެސް 4

ކްލެސިފިކޭޝަން :                 އޮފިސަރ ގރ. 2

މުސާރަ :                     މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:              މަހަކު -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:                މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                      ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :      ފައިނޭންސް އެންޑް ފެސިލިޓީސްގެ ޕްރޮކިއުމެންޓް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މޯލްޑިވްސް ޕޮލިޓެކްނިކުން ރާއްޖޭގެއެކި ސަރަހައްދުތަކުގައި ހިންގާ ހުރިހާ ކޯސްތަކަށް ބޭނުންވާ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތގެ މަތިން ހޯދައި އެ ތަކެތީގެ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.

2- މޯލްޑިވްސް ޕޮލިޓެކްނިކަށް އެކި ބޭނުންތަކަށް ހޯދޭ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހޯދައި އެ ތަކެތީގެ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.

3- ކޯޓޭޝަނުން ހޯދާ ތަކެތި ހޯދުމަށް ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، އެ ތަކެތި ހޯދަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަ ކުރުން.

4- ކޮންޓްރެކްޓް އުސޫލުން މޯލްޑިވްސް ޕޮލިޓެކްނިކަށް ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފުރިހަމަކުރުން.

5- ރަސްމީގަޑީގެ ބޭރުން އޮފީހަށް ފޯރުކޮށްދޭ ޚިދުމަތްތެއް ފޯރުކޮށްދިނުމަށް ޑިއުޓީއެއް އަދާކުރަންޖެހިއްޖެނަމަ އޮފީސް ޑިއުޓީ އަދާކުރުމާއި، ކަނޑައެޅޭ ތާވަލެއްގެ ދަށުން ހުޅުވައި ލެއްޕުން.

6- މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓްރީ ބެލެހެއްޓެވުމުގައި އެހީތެރިވެދިނުން.

7- ޕްރޮކިއުމެންޓް ސެކްޝަނުގައި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

8- ވެރިން އަންގައި ރަސްމީ މަސައްކަތްތައް ކުރުން.

ޝަރުޠު:

ތަޢުލީމީ ފެންވަރު:

  1. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ

  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 12 އާއި 19 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި، ސެޓުފިކެޓުތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.   

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިޖެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

29 ސެޕްޓެންބަރު 2016