ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)410-P/410/2016/50
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 18 ސެޕްޓެންބަރު 2016 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓިފަންކްޝަނަލް ޕްރިންޓަރެއް ގަތުމަށް

އިޢުލާން

މި އިދާރާއަށް މަލްޓިފަންކްޝަނަލް ޕްރިންޓަރެއް ގަންނަން ބޭނުންވެއްޖެއެވެ.

މި އިދާރާއަށް ބިލްކުރާ ގޮތަށް މަލްޓިފަންކްޝަނަލް ޕްރިންޓަރެއް ގަންނަން މި އިދާރާއިން ކުރި ނަންބަރު: (IUL)410-A/410/2016/17(17 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރިންޓަރުގައި މަދުވެގެން ތިރީގައިމިވާ ސްޕެސިފިކޭޝަންތައް ހުންނަންވާނެއެވެ.

  • ޕްރިންޓް، ސްކޭން، ކޮޕީ އަދި ފެކްސް ކުރެވުން
  • A3 އަދި A4 ގަނޑުތަކަށް ޕްރިންޓުކުރެވުން
  • ގަނޑުގެ ދެފަރާތަށް އެއްފަހަރާ ޕްރިންޓުކުރެވުން
  • އައި.ޑީ ކާޑު ފަދަ ތަކެތީގެ ދެފަރާތް އެއްފަހަރާ ސްކޭންކުރެވުން
  • މަދުވެގެން 200 ގަނޑު ލެއްވޭވަރުގެ އޮޓޯ ޑޮކިއުމެންޓް ފީޑާއެއް ހުރުން
  • މަދުވެގެން A4 ރީމެއް އެއްފަހަރާ ލެއްވޭ ގޮތަށް ހުރުން
  • މަދުވެގެން 45 ޕޭޕަރު މިނިޓެއްގެ ތެރޭގައި ޕްރިންޓުކުރެވުން
  • ވަޔަރލެސް ޕްރިންޓިންގ ހުރުން
  • ޔޫއެސްބީ ޑިވައިސްތަކަށް އަދި ނެޓްވާރކް ފޯލްޑަރއަށް ސްކޭންކުރެވެން ހުރުން
  • ކުލަކޮށާއި ކަޅުކުލައިން ޕްރިންޓުކުރެވުން
  • މަދުވެގެން 1 އަހަރުދުވަހުގެ ވޮރެންޓީ އޮތުން

ވީމާ، މަލްޓިފަންކްޝަނަލް ޕްރިންޓަރެއް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މި އިދާރާއަށް ފެކްހާއި އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުންވެސް 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީހިސާބު ފޮނުވަންވާނެއެވެ. ފެކްސް ނުވަތަ އީމެއިލްކުރުމަށްފަހު މި އިދާރާގެ ނަންބަރު 6820026 ފޯނަށް ގުޅައި އަންދާސީހިސާބު މި އިދާރަށް ލިބުނުތޯ ކަށަވަރު ކުރަންވާނެއެވެ. މި އިދާރާއަށް ވަޑައިގަނެވެން ނެތް ފަރާތްތަކުން 6820126 ނަންބަރަށް އަންދާސީހިސާބު ފެކްސްކުރެވިދާނެއެވެ. އަދި މި އިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރެވިދާނެއެވެ. އިތުރު މަޢުލޫމާތު ދާންދޫ ކައުންސިލުގެ އިދާރާގެ ނަންބަރު 6820026 ފޯނަށް ގުޅުމުން ލިބޭނެ ވާހަކަ ދަންނަވަމެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުވާ މަޢުލޫމާތުޝީޓުގައި ތަފުސީލުކުރެވިފައިވާނެ ވާހަކަވެސް ދަންނަވަމެވެ.

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސް ދެވޭ ކްރައިޓީރިއާ

ހުށަހަޅާ ޖުމްލަ އަގަށް ދޭ މާކްސް

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

75%

އަގު

ސްޕެސިފިކޭޝަންތައް (ޕްރިންޓަރުގައި ހުންނަންޖެހޭ ކަންތައްތަކަށް) ދެވޭ މާކްސް

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ (ޕްރިންޓަރުގައި ހުންނަންޖެހޭ) ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ ކަންތައްތަކެއް ހުންނަ ޕްރިންޓަރެއް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ސްޕެސިފިކޭޝަންތަކުގެ މެދުގައި ލިބޭ % އަށެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ސްޕެސިފިކޭޝަންތައް ހުށަހަޅާ ފަރާތަކަށެވެ.

10%

ސްޕެސިފިކޭޝަންތައް

ޕްރިންޓަރުގެ ވޮރެންޓީއަށް ދެވޭ މާކްސް

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ދިގު ވޮރެންޓީގެ މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ވޮރެންޓީ މުއްދަތެއްގެ މެދުގައި ލިބޭ % އަށެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު ވޮރެންޓީގެ މުއްދަތަކަށެވެ.

5%

ވޮރެންޓީ

މި އިދާރާއަށް ޕްރިންޓަރު ފޯރުކޮށްދިނުމަށް ހޭދަވާ މުއްދަތަށް ދެވޭ މާކްސް

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

10%

މުއްދަތު

މިހެންވެ މި ވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016