ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ސައުންޑް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެއެވެ.
މި އިދާރާއަށް ތިރީގައި މި ބަޔާންކުރާ ސްޕެސިފިކޭޝަންތަކުގެ ސައުންޑް ސިސްޓަމަކާއި އެސިސްޓަމާ ގުޅުންހުރި ތިރީގައި މި ބަޔާންކުރާ ސާމާނުތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ސައުންޑް ސިސްޓަމާ ގުޅޭ ހުރިހާ ސާމާނުތައް އެއްތަނަކުން ލިބޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
Specifications:
JTS: US-802D Pro/Mh-700x2- Dual Wireless Microphone
JTS: US-8010D/Mh-700D – SET – UHF Single Diversity Receiver with Handheld Mircophone
JTS TX-8 Vocal Performance Micropphone
Soundstandard –LEXON Line Array Speakers
SEER –FA-601 – 2x450W/4ohmes Amplifier
STK-K2NSP-10M Speaker Cable Speakon to Speakon(neutrik)
ވީމާ، މިމބަޔާންކުރެވުނު ސާމާނުތައް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވަނަ ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މި އިދާރާއަށް ފެކްހާއި އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުންވެސް 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީހިސާބު ފޮނުވަންވާނެއެވެ. ފެކުސް ނުވަތަ އީމެއިލްކުރުމަށްފަު، މި އިދާރާގެ ނަންބަރު 6820026 ފޯނަށް ގުޅައި އަންދާސީހިސާބު މި އިދާރަށް ލިބުނުތޯ ކަށަވަރުކުރަން ވާނެއެވެ. މި އިދާރާއަށް ވަޑައިގަނެވެން ނެތް ފަރާތަކުން 6820126 ނަންބަރަށް އަންދާސީހިސާބު ފެކްސްކުރެވިދާނެއެވެ. އަދި މި އިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރެވިދާނެއެވެ. އިތުރު މަޢުލޫމާތު ދާންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 6820026 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދަންނަވަމެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުވާ މަޢުލޫމާތު ޝީޓުގައި ތަފްސީލްކުރެވިފައިވާނެ ވާހަކަވެސް ދަންނަވަމެވެ.
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
ހުށަހަޅާ ޖުމްލަ އަގަށް ދޭ މާކްސް މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
75% |
އަގު |
ސްޕެސިފިކޭޝަންތައް (ސައުންޑް ސިސްޓަމްގައި ހުންނަންޖެހޭ ކަންތައްތަކަށް) ދެވޭ މާކްސް މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ (ސައުންޑް ސިސްޓަމްގައި ހުންނަންޖެހޭ) ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ ކަންތައްތަކެއް ހުންނަ ސައުންޑް ސިސްޓަމްގައި ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ސްޕެސިފިކޭޝަންތަކުގެ މެދުގައި ލިބޭ % އަށެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ސްޕެސިފިކޭޝަންތައް ހުށަހަޅާ ފަރާތަކަށެވެ. |
10% |
ސްޕެސިފިކޭޝަންތައް |
ސައުންޑް ސިސްޓަމްގައި ވޮރެންޓީއަށް ދެވޭ މާކްސް މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ދިގު ވޮރެންޓީގެ މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ވޮރެންޓީ މުއްދަތެއްގެ މެދުގައި ލިބޭ % އަށެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު ވޮރެންޓީގެ މުއްދަތަކަށެވެ. |
5% |
ވޮރެންޓީ |
މި އިދާރާއަށް ސައުންޑް ސިސްޓަމްގައި ފޯރުކޮށްދިނުމަށް ހޭދަވާ މުއްދަތަށް ދެވޭ މާކްސް މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތު ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
10% |
މުއްދަތު |
މިހެންވެ މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
25 ޛުލްޙިއްޖާ 1437