ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، 1.5 ޓަނުގެ ޕަވަރގޭޓް ޖަޕާން ރިކޮންޑިޝަން (Refurbished) ޕިކަޕެއް ގަނެގެން މިރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ޕްރޮޕޯޒަލްގައި ހިމަނުއްވަންވާނެއެވެ.
- ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)
- ޕިކަޕުގެ މޮޑެލެއްގެ ކުލަފޮޓޯ، ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން (ޕިކަޕް މި ރަށަށް ގެނެސް ހަވާލުކުރާއިރު އޮންނަންވާނީ މި ފޮޓޯތަކާ އެއްގޮތަށެވެ.)
- ޕިކަޕް އުފެއްދި އަހަރު. (މި އުމުރަކީ އުފެއްދި އަހަރުން ފެށިގެން 3 އަހަރުވެފައިވާ ޕިކަޕް ކަމަށް ވެގެން ނުވާނެއެވެ.)
- ޕިކަޕުގެ ބްރޭންޑާއި އިންޖީނުގެ ބްރޭންޑް އަދި ސްޕެސިފިކޭޝަން
- ޕިކަޕުގެ ވޮރަންޓީ ޕީރިއަޑެއްވާނަމަ، އެކަން
- ރޯޑުވާދިނަސް ހަދައިދިނުމަށްފަހު ޕިކަޕް ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދު
- ތަރޑްޕާޓީ އިންޝުއަރެންސް ކޮށްދޭނެގޮތް
- ޕިކަޕުގައި ބޭނުންކުރާ ތެލުގެ ބާވަތް
- ޕިކަޕު ރ. އަނގޮޅިތީމާ ހަމައަށް ސަޕްލައިކޮށްދެވޭނެ މުއްދަތު އަދި މާލޭ ކޮމާޝަލް ހާބަރާ ހަމަޔަށް ގެނެވޭނެ މުއްދަތު ވަކިން.
- ކުންފުނީގެ މަޢުލޫމާތު (ޕްރޮފައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ)
- ޖުމްލަ އަގު (ރ. އަނގޮޅިތީމާ ހަމަޔަށް ގެނެސް ހަވާލު ކުރުމާއެކު)
އަގު ހުށަހެޅުން
- އަގު ހުށަހަޅުއްވަންވާނީ ދިވެހިރުފިޔާއިންނެވެ.
- އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ ދިވެހިބަހުންނެވެ.
- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހާ ޑޮކިއުމަންޓްތަކާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕު ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު
- ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީއާއި ކްލިއަރެންސް ފަދަ ޚަރަދުތައް (އިމްޕޯޓް ޑިއުޓީ މާފުކޮށްދީފިނަމަ އިމްޕޯޓް ޑިއުޓީ ކަނޑައި ޖުމުލަ އަގު)
- މި އިދާރާގެ ނަމުގައި ޕިކަޕު ރަޖިސްޓަރީކޮށް ނިންމުމަށްފަހު ރ. އަނގޮޅިތީމަށް ގެނެސް ޖެޓީއަށް ބޭލުމުގެ އަގު
ނޯޓް: މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
މާކްސް ދެވޭ ގޮތުގެ ތަފުސީލު
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމެޓީއަކުންނެވެ.
މާކްސްދެވޭ ކެޓަގަރީ |
މާކްސްދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު
|
% 70
|
- މަސައްކަތުގެ ޖުމުލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް - މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާ އަޅާބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރެޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން މި ކުރެޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށެވެ. |
(benchmark price/submitted price) x allocated percentage |
ތަޖުރިބާ |
% 15 |
- ޕިކަޕު ރާއްޖެ ގެނެސް ގަނެ ވިއްކައި، މަރާމާތުކޮށް، ރޯޑުވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވާ މުއްދަތާއި ކުރެވިފައިވާ މަސައްކަތުގެ މިންވަރު. - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ މިންވަރާ އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އަށް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ. |
(submitted years of experience/ benchmark years) x allocated percentage |
މުއްދަތު |
% 10
|
- މަސައްކަތްކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތަކަށެވެ. |
(benchmark delivery period / submitted delivery period) x allocated percentage |
ވޮރަންޓީ |
5% |
ވޮރަންޓީ ދޭނަމަ އެކަން. އެންމެ ގިނަ މާކްސް ލިބޭނީ މެކޭނިކަލް ވޮރަންޓީ އެންމެ ގިނަ ދުވަހަށް ފޯރުކޮށްދޭ ފަރާތަކަށް. |
|
ބިޑް އިވެލުއޭޝަން ކޮމެޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު އަންދާސީހިސާބު ކާމިޔާބުކުރެވުނު ފަރާތްތަކަށާއި ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން:
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮކްޓޫބަރު 12 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ރ. އަނގޮޅިތީމު ކައުންސިލުގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏަކަށްވުން.
- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
- އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބުތައް ހުށަހަޅާ ގަޑިގައި ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
- މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ނޫން ފަރާތްތައް ނޫން ފަރާތްތަކަށް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.