ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު: (IUL)251-MS/251/2016/89 (24 ސެޕްޓެންބަރު 2016) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.
ދިއްދޫ ދެކުނު ފުޓްބޯޅަދަނޑުގެ ފެންސް ހަލާކުވެފައިވާތީ ފެންސް މަރާމާތުކުރުމަށާއި، ބޯޅަދަނޑުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ދިއްދޫ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:00 އަށް ދިއްދޫ ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރިއެއްނުވެވޭނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
25 ޛުލްޙިއްޖާ 1437