މަސައްކަތް
ނަންބަރު: GS87/IUL/2016/16
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 13 އޮކްޓޫބަރު 2016 11:00
މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ކްލާސްރޫމުގައި މުށިޖެހުން

އިޢުލާން

* އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

* 1 ކްލާސްރޫމުގައި މުށިޖެހުން. 

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ މަސައްކަތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6500576 އަށް ގުޅުމަށް ދަންނަވަމެވެ.

27 ޛުލްޙިއްޖާ 1437  

29 ސެޕްޓެންބަރު 2016