ދިވެހިރާއްޖެ
އިޢުލާން
ނ.ކުޑަފަރީ ކުޅިވަރު ސަރަޙައްދުގައި ހުރި ކުޅިވަރުގޭގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާގުޅޭ
މިރަށުގެ ކުޅިވަރުސަރަޙައްދުގައި ހުރި ކުޅިވަރުގޭގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުޅިވަރުގޭގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރަންހުރި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގެން ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛
މަސައްކަތުގެ އަގަށް %80
މަސައްކަތުގެ މުއްދަތަށް % 10
މަސައްކަތާގުޅޭ ތަޖުރިބާއަށް %5
ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް %5
26 ޛުލްޙިއްޖާ 1437