މަސައްކަތް
ނަންބަރު: (IUL)413/413/2016/54
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 05 އޮކްޓޫބަރު 2016 10:30
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްޞަލާޙުގައި މިހާރު ހުރި ފެންޑާ މަރާމާތުކުރުމަށް

އިޢުލާން

މަސްޖިދުއްޞަލާޙުގައި މިހާރު ހުރި ފެންޑާ މަރާމާތުކުރުން

މިރަށު މަސްޖިދުއްޞަލާޙުގައި މިހާރު ހުރި ފެންޑާ މަރާމާތު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވިކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މި ދަންނަވަނީއެވެ.

މަސައްކަތުގެ އަގަށް 80 ޕޮއިންޓް

މާލީ ތަނަވަސްކަމަށް 05 ޕޮއިންޓް

ފަންނީ ޤާބިލުކަމަށް 05 ޕޮއިންޓް

މުއްދަތަށް 10 ޕޮއިންޓް

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                        

28 ސެޕްޓެންބަރު 2016