މަސައްކަތް
ނަންބަރު: (IUL)413/413/2016/55
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 05 އޮކްޓޫބަރު 2016 13:45
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމަށް

އިޢުލާން 

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން މި ރަށުގައި ޒަމާނީ ބަށިކޯޓެއް އެޅުން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން މި ރަށުގައި ޒަމާނީ ބަށިކޯޓެއް އެޅުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:45 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:45 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވި ކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މި ދަންނަވަނީއެވެ.

މަސައްކަތުގެ އަގަށް  70 ޕޮއިންޓް

މާލީ ތަނަވަސްކަމަށް 10 ޕޮއިންޓް

ފަންނީ ޤާބިލުކަމަށް 10 ޕޮއިންޓް

މުއްދަތަށް 10 ޕޮއިންޓް

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                         

28 ސެޕްޓެންބަރު 2016