މަސައްކަތް
ނަންބަރު: GS78/IULAAN/2016/29
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 09 އޮކްޓޫބަރު 2016 13:30
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އޭސީ މަރާމާތުކުރުމާއި، އަލަށް އޭސީއެއް އަޅުވައިދޭނެ ފަރާތެއް ހޯދުން

އިޢުލާން  

މި މަދަރުސާގެ ކޮމްޕިއުޓަރލެބްގައި މިހާރުހުރި އޭސީ މަރާމާތުކުރުމާއި، އަލަށް އޭސީއެއް އަޅުވައިދޭނެ ފަރާތެއް ހޯދުން

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ ކޮމްޕިއުޓަރލެބްގައި މިހާރުހުރި އޭސީ މަރާމާތުކުރުމާއި، އަލަށް އޭސީއެއް އަޅުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ޚިދުމަތް މި މަދަރުސާއަށް ދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީ މިކަމަށް ކުރެވޭ އެއްވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 9 ވާ އާދީއްތަދުވަހުގެ 13:30

2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

28 ސެޕްޓެންބަރު 2016