ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 298/2016/13
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 11 އޮކްޓޫބަރު 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އޮފީސް: އަލިފުށީ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ، ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާ، މަދަނީ އިންޖީނިއަރިންގެ ދާއިރާއިން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ، ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާ، މަދަނީ އިންޖީނިއަރިންގެ ދާއިރާއިން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން.

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ރަށް ތަރައްޤީކޮށް ރަށްވެހިކަމުގެ އެންމެހައި ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2. ރަށުގައި ހިންގަންޖެހޭ ތަރައްޤީގެ މަޝްރޫޢުތައް ރާވައި، ހިންގައި، ތަންފީޒުކުރުން.

3. އަމިއްލަ ފަރާތްތަކުންނާއި ކްލަބުކަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

4. ކައުންސިލް އިދާރާއާއި އިދާރާގެ ދަށުގައި ހުންނަ ތަންތަނާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.

5. ކްލަބު ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6. ރަށުގައި ހިންގުމަށް ހަދަންޖެހޭ ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހެދުމާބެހޭ އެންމެހައި މަސައްކަތްތައްކުރުން.

7. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ އެންމެހައި ކަންކަން ކުރުން.

8. މީހުންގެ އަމިއްލަ ބިންތަކާއި މުދާ، އާންމު ބޭނުމަކަށްޓަކައި ނެގުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

9. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ބެލެހެއްޓުމާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށި މަރާމާތުކޮށް ބެލެހެއްޓުން.

10. ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.

11. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި،  ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

12. އާސާރީ ތަންތަން ބެލެހެއްޓުމާއި، ސަގާފީ ކަންކަން ދިރުވައި އާލާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

13. ކްލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ސައިކޯ ސޯޝަލް ޕްރޮގްރާމްތައް ރަށުފެންވަރުގައި ރާވައި ހިންގުން.

14. އައިޑީ ކާޑުހެދުމުގެ ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

15. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި، ފޮނުވަންޖެހޭ ތަންތަނަށް ރިޕޯޓުތައް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

16. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ވަޒީފާގެ މަސްޢޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކާއި ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ [email protected] ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިންބޭރުގެ ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން ތަޢުލީމު ހާސިލުކޮށްފައިވާނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ އަސްލާ އެއްގޮތް ތައްގަނޑު ޖަހާފައިވާ ކޮޕީ)

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- މި ކައުންސިލް އިދާރާ ފިޔަވައި އެހެން ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މި މަޤާމަށް އެދި ކުރިމަތިލާނަމަ، ތިރީގައިވާ 2 ލިޔުން ހުށަހެޅުން. 

1. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

- ވަނަވަރާއި، ވަޒީފާއަށް އެދޭ ފޯމު ފިޔަވައި ހުށަހަޅާ އެހެން ލިޔުންތަކުގައި، އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން،  ވަޒީފާއަށްއެދޭ ފޯމާއި، އެހެނިހެން ލިޔުންތައް، 2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. 

އިންޓަވިޔުކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިޔު އޮންނާނެ ތާރީޚު، ވަޒީފާއަށް ޝަރުޠު ފުރިހަމާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580021 ނަންބަރު ފޯނަށެވެ.

25 ޛުލްޙިއްޖާ 1437 

26 ސެޕްޓެންބަރު 2016