ވަޒީފާގެ ފުރުޞަތު
ނަންބަރު: GS40/2016/47
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 11 އޮކްޓޫބަރު 2016 12:00
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އއ. އަތޮޅު ތަޢުލީމީ މަރުކަޒު 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިދާރީ ބައި                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން (ސްކޫލް ހިންގުމުގެގޮތުންނާއި، ކިޔަވައިދިނުމާ ގުޅޭގޮތުން ސްކޫލަށް ބޭނުންވާ) ހުރިހައި ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއި، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

2. ސްކޫލުގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް، ޕްރިންސިޕަލްގެ ލަފާގެމަތިން ކުރުން.

3. ސްކޫލުގެ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއްއައިޓަމަކުން އަނެއް އައިޓަމަކަށް ބަދަލުކުރުމުގެގޮތުން، ޕްރިންސިޕަލްގެ ލަފާގެމަތިން އެކަން ކުރުން.

4. ސްކޫލުން އެހެން އޮފީސްތަކަށް ފޮނުވާ ސިޓީ މެސެޖް ފަދަ ލިޔުންތައް ފޮނުވާ ނިމުނުކަން ކަށަވަރުކުރުން.

5. ބިޑް އެވެލުއޭޝަން ކޮމެޓީގެ ޗެއަރޕާސަންގެ ޒިންމާ ފުރިހަމައަށް އަދާކުރުން.

6. އެސް.އެމް.ޓީގެ މެންބަރުކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރުން.

7. އޮފީސް ބަންދުކުރުމުގެ ޒިންމާ އަދާކުރުން.

8. ސްކޫލުގެ މުވައްޒަންނާއި، މުދައްރިސުންގެ މުސާރައާއި، އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން، ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

9. ސްކޫލުގެ އިދާރީ ކަންކަމާގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއްކުރުން.

10. ސްކޫލުގެ އިދާރީބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި އެ މުވައްޒަފުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުންދޭތޯ ބެލުން.

11. ސްކޫލަށް ހޯދޭ މުދަލާއި ތަކެއްޗާއި، އިންވެންޓްރީއާއި، ސްޓޮކްގެ އެންމެހައި ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން.

12. ސްކޫލުގެ އެންމެހައި ޢިމާރާތްތައް ރައްކާތެރިކަމާއެކު ތަޅުލައި ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި، ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް، އިސްވެރިޔާގެ މަޝްވަރާގެމަތިން ބެލެހެއްޓުން.

13. ސްކޫލުގެ އެންމެހައި އިމާރާތްތަކާއި، ސްކޫލުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން ލައްވާ އެކަންކަން ކުރަމުންދޭތޯ ބެލުން.

14. ސްކޫލުގެ އިންވެންޓްރީއާއި ސްޓޮކާގުޅޭ މަސައްކަތްތައް، އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން ކުރަމުންގެންދާގޮތް ގަވާއިދުން ބެލެހެއްޓުން.

15. ސްކޫލުގެ ހޯލާއި އެހެނިހެން ތަންތަން އެކިފަރާތްތަކަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް، އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން ކުރަމުން ގެންދާގޮތް ގަވާއިދުން ބެލެހެއްޓުން.

16. ސްކޫލުގައި ބޭއްވޭ ޚާއްޞަ ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެމަތިން އިސްވެ ހަރަކާތްތެރިވުން.

17. ބިދޭސީ ޓީޗަރުންގެ އެކަޑަމިކް އަހަރުނިމިގެން ޤައުމަށް ދިއުމާއި، އެނބުރިއައުމުގެ އެންމެހައި އިންތިޒާމްތަކާއި، އަހަރުތެރޭގައި އަލަށް އަންނަ ބިދޭސީ ޓީޗަރުންނާއި، ވަޒީފާ ދޫކޮށްފައިދާ ނުވަތަ ޓްރާންސްފަރވާ ޓީޗަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުމަށް ހަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދާގޮތް ގަވާއިދުން ބެލެހެއްޓުން.

18. ސްކޫލުގެ އިދާރީ ހަރަކާތްތަކާއި ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދަތިނުވާނެހެން ތަންތަން ހުޅުވައި ލެއްޕުމާބެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ހަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދާގޮތް ގަވާއިދުން ބެލެހެއްޓުން.

19. ސްކޫލުގެ އިދާރީ މުވައްޒަފުންގެ އެޕަރައިޒަލް ފޯމް ފުރިހަމަކުރުން.

20. އިދާރީ މުވައްޒަފުންގެ ޑިއުޓީ ޝެޑިއުލް ހެދުމާއި، ޝެޑިއުލާ އެއްގޮތަށް މުވައްޒަފުން މަސައްކަތްކުރާކަން ކަށަވަރުކުރުން.

21. ސްކޫލުގެ ހުރިހާ މުވައްޒަފުންގެ އެޕްރައިޒަލާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ފޯމުތައް، މުވައްޒަފުންނާ ހަވާލުވެތިބޭ ސުޕަވައިޒަރުން ފުރިހަމަކުރޭތޯ ބެލުމާއި އެޕްރައިޒަލާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުން.

22. ސްކޫލަށް އަލަށް ކުދިން ވެއްދުމާއި، ސްކޫލުން ވަކިވާ ކުދިންގެ ކަންތައްތައް، އިސްވެރިޔާގެ ލަފާގެމަތިން ބެލެހެއްޓުން.

23. ސްކޫލް ހުރިހާ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެތިބޭ މުވައްޒަފުން ކަންތައްތައް ކުރަމުންގެންދާގޮތް ޗެކްކޮށް، ޕްރިންސިޕަލަށް ރިޕޯޓްކުރުން.

24. ސްކޫލަށް އިތުރަށް ބޭނުންވާ މަޤާމުތަކަށް ހުއްދަ ހޯދުމާއި، ސްކޫލުން ވަކިވާ މުވައްޒަފުންނާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ޕްރިންސިޕަލާ މަޝްވަރާކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާއި، މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭގޮތުން ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެތަކެތި ލިބުނުތޯ ކަށަވަރުކުރުން.

25. ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާގޮތް އޮބްޒާރވްކޮށް، ދުވަހުން ދުވަހަށް މޮނީޓަރކޮށް ބެލެހެއްޓުން.

26. ސްކޫލުގެ ވެރީންނާއި، މުދައްރިސުންނަށާއި، އެހެނިހެން މުވައްޒަފުންނަށާއި، ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިޙްތިރާމްކުރުމާއެކު އެމީހުންނަށް ރީތި ބަހުން މުޢާމަލާތުކުރުން.

27. ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ސްކޫލް ކަންކަމުގައި އަންނަ އާންމު ފަރާތްތަކާ މުޢާމަލާތުކުރުމުގައި މަޑުމައިތިރި ސާދާގޮތް ގެންގުޅުމާއި އެފަރާތްތަކުން އެދޭ ކަންތައްތައް ވީ އެންމެ ރަނގަޅަކަށް ކޮށްދިނުމާއި، މުޖުތަމަޢާއި ސްކޫލާ ދެމެދު ބަދަހިގުޅުމެއް ޤާއިމުކުރުމަށްޓަކައި އަބަދުވެސް މަސައްކަތްކުރުން.

28. ރަސްމީ ގަޑީގައި ސްކޫލަށް ހާޒިރުވާއިރު ރަސްމީ ހެދުމުގައި ސްކޫލަށް ހާޒިރުވުމާއި، ރަސްމީގަޑީގައި ސްކޫލުގައި ވަގުތު ހޭދަކުރުން.

29. ހަވާލުކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމައި، މަސްއޫލިއްޔަތު އުފުލައި ޒިންމާދާރުވުމާއި، ސްކޫލުގެ ކަންތައްތައް ހަރުދަނާކުރުމުގައި ފުރިހަމައަށް އެއްބާރުލުން.

30. ރަސްމީ ގަޑީގައި މަސައްކަތް ނިންމާނުލެވިއްޖެނަމަ، ނުވަތަ ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނިންމުމަށްޓަކައި ސްކޫލުގެ ފަރާތުން ނިކުތުމަށް އަންގައިފިނަމަ، އިތުރުގަޑީގައި ނިކުމެގެންވެސް ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނިންމުން.

31. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާ އެންގުންތަކާއި، ސްކޫލުގައި ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ސިވިލް ސަރވިސްގެ އެންމެހައި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުން.

32. ސްކޫލުން ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފަށް ލިބިފައިވާ ހުނަރުވެރިކަމާއި ޤާބިލްކަން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

33. ތަނުގެ އާންމު މަޞްލަޙަތާއި ތަކެއްޗާއި އެހެނިހެން މުވައްޒަފުނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭފަދަ ކަންކަމުން ދުރުހެލިވުމާއި އެފަދަ ކަންކަމުން ސްކޫލުގެ ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

34. ސްކޫލުން ހާސިލުކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެ މުވައްޒަފެއްގެ ދާއިރާއިން ވެދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

35. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކުގެތެރޭގައި ހިމެނޭ ކަންކަމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައްކުރުން.

މަޤާމުގެ ޝަރުޠު:                                            

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނެ ތާރީޚަކާއި ވަގުތެއް، ވަގުތުއޮއްވައި އެންގޭނެއެވެ.

ށ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 މީހުންނަށްވުރެ އިތުރުވެއްޖެނަމަ އިންޓަވިއުއަށް ކިޔާނީ، ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަރުކަޒުގެ އިދާރާއަށެވެ. އީ. މެއިލްކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ނޯޓު:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6660020 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016