ދިވެހިރާއްޖެ
އިޢުލާން
މާލެ، ހުޅުމާލެ އަދި ތިލަފުށީގައި ހުންނަ އެސްޓީއޯ ޢިމާރާތްތަކުގައި ހަރުކޮށްފައިވާ ފަޔަރ އެލާރމް ސިސްޓަމްތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މާލެ، ހުޅުމާލެ އަދި ތިލަފުށީގައި ހުންނަ އެސްޓީއޯ ޢިމާރާތްތަކުގައި ހަރުކޮށްފައިވާ ފަޔަރ އެލާރމް ސިސްޓަމް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު 60-އޭޑީއެމް/183/2016 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.
މުއްދަތު: 1 އަހަރު
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮކްޓޫބަރު 10 ވާ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮކްޓޫބަރު 10 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮކްޓޫބަރު 11 ވަނަ ދުވަހު 15:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮކްޓޫބަރު 17 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 23 ވަނަ ދުވަހު 15:00 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344196، 3344262
ފެކުސް: 3344633
އީމެއިލް: [email protected]