ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ ހދ. ކުޅުދުއްފުށީ ފިހާރައިން ވިއްކާ އެއަރ ކޮންޑިޝަން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ދޭނެ ފަރާތެއް ހޯދުން
އެސްޓީއޯ ހދ.ކުޅުދުއްފުށީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 2 އަހަރުދުވަހުގެ މުއްދަތަށް އިންސްޓޯލްކުރުމާއި، އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/214/2016 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮކްޓޫބަރު 06 ވަނަ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮކްޓޫބަރު 06 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮކްޓޫބަރު 09 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 20 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު:, 33443713344262
ފެކްސްް: 3344633
އީމެއިލް: [email protected]