ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 1
މަޤާމުގެ ރޭންކް: އެމް. އެސް. 3
މުސާރަ: މަހަކު -/7035 ރުފިރާ
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: އިސްކަންދަރު ސްކޫލް / މާލެ
އަސާސީ ޝަރުޠު:
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:
* އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން.
* މާލެ އަލަށް އަންނަ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތަކާއި، ވިސާއާއި ވާރކްޕަރމިޓުގެ ކަންތައްތައް ދުވަހުންދުވަހަށް ބަލަހައްޓައި ކުރިއަށްގެންދިއުން.
* ޔައުމިއްޔާ ލިޔުމާއި ފައިލުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ މުވައްޒަފުން އެކަން ކުރާގޮތް ބެލުން.
* ތިޖޫރީއާއި ފައިސާއާބެހޭ މަސައްކަތްތައް ބެލެހެއްޓުން.
* މުވައްޒަފުންގެ ރަޖިސްޓަރީ ކަންތައްތައް ބެލެހެއްޓުން.
* މި ސްކޫލުގެ ހުރިހާ އެކައުންޓްތަކުގެ ކަންތައްތައް ބެލެހެއްޓުން.
* އިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.
* މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުން ކުރޭތޯ ބެލުން.
* މަސައްކަތު މީހުންގެ މަސައްކަތްތައް، އެމީހުން ކުރަމުންދާގޮތް ގަވާއިދުން ބެލެހެއްޓުން.
* އެކި މުނާސަބަތުތަކަށް ހޯލާއި ކްލާސް ރޫމުތައް ކަނޑައަޅޭ ތާވަލާ އެއްގޮތަށް މަސައްކަތު މީހުން ލައްވައި ތައްޔާރުކުރުވުން.
* ސްކޫލުގެ ބޯޑުގެ މަސައްކަތާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރުން.
* ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތަކެއް ކުރުން.
* މުސާރަ ދިނުމުގެ މަސައްކަތް ބެލެހެއްޓުން.
* މުވައްޒަފުންގެ ޗުއްޓީގެ ކަންތައް، މަސައްކަތަށް ދަތިނުވާނެހެން ރާވައި ބެލެހެއްޓުން.
* މުވައްޒަފުންގެ ސަލާމުގެ ކަންތައް ބެލެހެއްޓުން.
* އެގްޒާމްތަކަށް ގޮނޑި މޭޒުފަދަ ތަކެތި އެތުރުމުގެ ކަންތައް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- ޕްރެޒެންޓޭޝަން ހުށަހެޅުން.
އިންޓަވިއުކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 11 އޮކްޓޫބަރު 2016 ގެ ފަހުގެ ތާރީޚެއްގައި، މި ސްކޫލުގެ މީޓިންގ ރޫމުގައެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު، މި ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެވެ.)
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް އެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއްް (އުޅެފައިވާ މަޤާމާއި، ރޭންކާއި، މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން)
ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:
މި މަޤާމަށް ކުރިލަތިލާން އެދޭ ފަރާތްތަކުން، މަތީގައިއެވާ ލިޔުންތައް، 2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލު ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3323244 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
27 ޛުލްޙިއްޖާ 1437