ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްރޮޖެކްޓް އޮފިސަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) | ||
މަޤާމުގެ ރޭންކު: |
އެމް. އެސް. 1 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: |
ރ. ރަސްމާދޫ ކައުންސިލްގެ އިދާރާ |
||
މުސާރަ: |
މަހަކު -/5،610 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2،000 ރުފިޔާ |
||
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގެ ފައިސާ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
||
ތައުލީމާއި ތަޖުރިބާ: |
1- އިކޮނޮމިކް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން އިކޮނޮމިކްސް ނުވަތަ ބިޒްނަސް މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
1. ރަށުގައި ހިންގަން ހަމަޖެހޭ ޕްރޮޖެކްޓްތައް ރަށުގައި އިޢުލާންކުރުމާއި، ބިޑުތައް ބަލައިގަތުން. 2. ބިޑްތައް އިވެލުއޭޓްކުރަން ބިޑް އިވެލުއޭޓިންގ ކޮމިޓީއަށް ފޮނުވުން. 3. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރުމުގެ އެންމެހައި ކަންތައްތައްކުރުން. 4. ޕްރޮޖެކްޓްތަކާ ގުޅިގެން ހުށަހެޅޭ ބިލްތަކަށް ފައިސާ ދޫކުރުމަށް ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން. 5. ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ޕްރޮޖެކްޓް ޕްރޮޕޯޒަލް ހެދުމާއި، ފަންޑް ހޯދުމުގެ އިދާރީ މަސައްކަތްކުރުން. 6. ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމުގެދަށުން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުންކަމުގައިވުން. 2. ކޮންޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން. 3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން. 5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން. |
||
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (މި ލިޔުމަކީ ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވާ ކޯހެއްގެ ލިޔުމެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) 6- ސިވިލް ސަރވިސްއަށް /ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6580049 ނަންބަރު ފޯނާއެވެ. |
23 ޛުލްޙިއްޖާ 1437