މަސައްކަތް
ނަންބަރު: (IUL)KH/1/2016/12
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 12 އޮކްޓޫބަރު 2016 13:30
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ލިފްޓް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް

ލިފްޓް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް


އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ކުޑަކުދިންގެހިޔާގެ ލިފްޓް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި ވިލިނގިލީ ކުޑަކުދިންގެ ހިޔާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 11:00 އަށް

2016 އޮކްޓޫބަރު 24 ވަނަ ދުވަހުގެ 11:00 އަށް

2016 އޮކްޓޫބަރު 12 ވާ ބުދަ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ނުވަތަ އަންދާސީހިސާބުން ބައެއް ވިޔަސް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

26 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016