ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޕްރިންޓަރ
ބޭނުންވާ އަދަދު: 1
ރޭންކް: އެސް.އެސް 3
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
މުސާރަ: މަހަކު -/3875 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ނޭކުރެންދޫ މަދަރުސާ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން ، ނޭކުރެންދޫ މަދަރުސާ
އެހެނިހެން ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ފޮޓޯކޮޕީ ހެދުމާއި ޕްރިންޓްކުރުން.
- ސްކޫލުން ފޮޓޯކޮޕީ ހައްދަން ބޭނުންވާ އެންމެހައި ތަކެތި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބަލައި ޗެކުކޮށް ކޮޕީ ނަގައިދިނުމާއި، ޕްރިންޓްކޮށްދިނުން.
- - ޗާޕުކުރަން ބޭނުންވާ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން މަސައްކަތް ބަލަހައްޓާ ފަރާތަށް އެންގުން.
- ދަރިވަރުންގެ އުނގަންނައިދިނުމާ ގުޅޭގޮތުން ފޮޓޯކޮޕީ ހެދުމާއި، ޕްރިންޓްކުރުމުގައި ދަތިނުވާނޭހެން މަސައްކަތް ކުރިޔަށްގެންދިޔުން.
- ސްކޫލުގެ ޕްރިންޓިންގ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރުން.
- ފޮޓޯކޮޕީމެޝިންތަކާއި ޕްރިންޓިންގ މެޝިންތައް މަރާމާތުކުރުވުން.
- ޕްރިންޓިންގ މެޝިންތަކާއި ފޮޓޯކޮޕީ ހަދާ މެޝިންތައް ގިނަދުވަހު ގެންގުޅެވޭގޮތަށް ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އެއްވެސް މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަމާބެހޭ ފަރާތާ މަޝްވަރާކޮށް، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- ސްކޫލުން މަރާމާތުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ސެކްޝަނުގެ އިސްވެރިންގެ މަޝްވަރާއާއެކު ލަސްނުކޮށް މާލެ ފޮނުވައިގެން މަރާމާތުކުރުވުން.
- ސްކޫލުގެ މަސައްކަތްތަކަށް ބުރޫނާރާނެގޮތަކަށް މެޝިންތައް މަރާމާތުކުރުމުގެ ކަންތައް ހަމަޖެއްސުން.
- މެޝިންތައް މާލެ ފޮނުވުމާއި، މަރާމާތުކޮށް ނިމުމުން ރަށަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- މެޝިންތައް މާލެ ފޮނުވުމުގައި މެޝިންތަކަށް ގެއްލުން ނުވާނޭގޮތަށް ރައްކާތެރިކަމާއެކު ބަންދުކޮށްފައި ފޮނުވުން.
- ސްކޫލުން ބޭރަށް ފޮނުވާ މެޝިންތައް ހަވާލުކުރާ ފަރާތަކާ ލިޔުމުން ހަވާލުކުރުން.
- ފޮތް ޕްރިންޓްކުރުން.
- މި ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ނިންމަވައިގެން ޕްރިންޓްކުރަންޖެހޭ ފޮތްތައް ޕްރިންޓްކުރުން.
- ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ސިއްރު ހިފެހެއްޓުން. ޚާއްޞަގޮތެއްގައި، ޓެސްޓު ޕޭޕަރާއި ވާރކްޝީޓް ފަދަ ތަކެތި އެއްވެސް ފަރާތަކަށް ނުދެއްކުމާއި، ޗާޕުކުރުމަށްފަހު ނައްތައިލަންޖެހޭ ތަކެތި މަސައްކަތު މީހުން ލައްވައި ތިމާގެ ހާޒިރުގައި ރައްކާތެރިކަމާއެކު ނައްތައިލުން.)
- ސުޕަވައިޒަރުން އެދިލައްވާ ގޮތެއްގެ މަތިން ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި އެކަމަށް ދަތިނުވާނެހެން، ދުވަހުން ދުވަހަށް ޕްރިންޓްކޮށްދީ، އެފަރާތްތަކަށް ރައްދުކޮށްދިނުން.
- ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ރެކޯޑު އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ރަނގަޅަށް ބެލެހެއްޓުން.
- ޗާޕުކުރުން ފިޔަވައި މިކަމާ ގުޅުންހުރި އެހެން މަސައްކަތްތަކުގައި އިދާރީގޮތުން އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
ޝަރުޠު:
1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މުޢާމަލާތުކުރުމުގެ ހުނަރު.
އިންޓަރވިއު ކުރުން
ހ. މި މަޤާމުގެ އިންޓަރވިއު އޮންނާނީ 2016 އޮކްޓޫބަރު 9 އިން އޮކްޓޫބަރު 13 އާ ދެމެދުގެ މުއްދަތުގައި ހދ.ނޭކުރެންދޫ ސްކޫލުގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ނޭކުރެންދޫ ސްކޫލުގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭކުރެންދޫ މަދަރުސާގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 5ވާ ބުދަދުވަހުގެ 12:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނޭކުރެންދޫ މަދަރުސާގެ ނަންބަރު 6520528 / 6520553 ފޯނަށް ގުޅުއްވުން އެދެމެވެ.