ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS78/IULAAN/2016/25
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 05 އޮކްޓޫބަރު 2016 13:30
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

އިޢުލާން 

މި މަދަރުސާއަށް 6 (ހައެއް) ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ:

ހއ. ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމަށް 6 (ހައެއް) ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވޭނީ މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހެޅޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މިތަކެތި ގަތުމަށް 23 އޮގަސްޓު 2016 ގައި ކުރެވުނު ނަންބަރު GS78/IULAAN/2016/22 އިޢުލާނާ ގުޅިގެން ގަވާއިދުގައި ކަނޑައެޅިފައިވާ އަދަދަށް ބިޑް ހުށަހެޅުމަށް ހާޒިރުވެފައިނުވާތީ، މިދެންނެވި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ. މިއީ މިކަމަށް ކުރެވޭ ތިންވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭ ގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:30

10 އޮކްޓޫބަރު 2016 ވާ ހޯމަދުވަހުގެ 13:30

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

27 ސެޕްޓެންބަރު 2016