ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ " މިޢުރާޖު " އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްފާޟިލް އިބްރާހީމް ރަޝީދު، މުރަކަ / ގދ. ތިނަދޫ އަދި އަލްފާޟިލާ ފާޠިމަތު ގަޒުމާ ޢަބްދުﷲ، ސަނީޑޭލް / ގދ. ތިނަދޫއަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ ގދ. ތިނަދޫ " މިޢުރާޖު " އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ:
ޢިމާރާތާއި ގޯތީގެ މަޢުލޫމާތު:
ބާވަތް: ބަންޑާރަ ގޯތި
ނަން: މިޢުރާޖް / ގދ. ތިނަދޫ
ރަޖިސްޓަރީ ނަންބަރު: 54/2007
ގޯތީގެ ތަފުސީލު: 1997 އަކަފޫޓު
ވެރިފަރާތް: އަލްފާޟިލް އިބްރާހީމް ރަޝީދު، މުރަކަ / ގދ. ތިނަދޫ
ރަޙުނު ވިއްކާލުމުގެ ހުއްދައާ ބެހޭ: ވިއްކާލުމަށް ހުށަހެޅިފައިވާ ގޯއްޗަކީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ ޤަޟިއްޔާ ނަންބަރު: 244/Q10C/2013 އިން ރަހުނު ތަންފީޒުކުރުމަށްޓަކައި ވިއްކާލުމުގެ ހުއްދަ ދެއްވާފައިވާ މުދަލެކެވެ.
ވީމާ، ގދ. ތިނަދޫ " މިޢުރާޖު " އެވެ ކިޔާ ގޯއްޗާއި، ގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ބައްލަވައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން ގޯތި ގަތުމަށް ހުށަހަޅުއްވާ އަގު ސާފުކޮށް ބަޔާންކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ސިޓީއުރައެއްގައި ބަންދު ކުރައްވައި، 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:30 ގެ ކުރިން މިކުންފުނީގެ ހެޑްއޮފީސް، ހ. މިއަލަނި، 4 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި ގދ. ތިނަދޫ "މިޢުރާޖް" ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިސިޓީތައް ކަނޑައި ބެލުން އޮންނާނީ 2016 އޮކްޓޫބަރު 19 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:30 ގައި މިކުންފުނީގެ ހެޑްއޮފީހުގައި، ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި އެންމެ މަތީ އަގު ވަގުތުން އިޢުލާން ކުރެވޭނެއެވެ. އެއަށްވުރެ މަތީ އަގެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/10,000 (ދިހަހާސް) ރުފިޔާއެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިޢުލާންކުރެވި، އަދި މިކުންފުނީގެ އައްޑޫ ސެންޓަރުގެ (ސ.ހިތަދޫ) ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ކޮންމެ ދުވަހެއްގެ ރަސްމީގަޑި ނިމެންވާއިރަށް ހުށަހެޅިފައިވާ އެންމެ މަތީ އަގު އިޢުލާނު ކުރެވި، އަދި މިއަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން ވިދިވިދިގެން 5 (ފަހެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތްނަމަ އެއަގަކަށެވެ. މިގޮތުން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމުނުކަން ލިޔުމުން އެންގޭނެއެވެ. އަދި އެފަރާތަށް ނީލަން ނިމުނުކަން މިކުންފުނިން އަންގާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ (ރަސްމީ ބަންދު ދުވަސްތައް ލައިގެން) ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ މިކުންފުންޏަށް ދައްކަންވާނެއެވެ. ހުށަހެޅި އަގު ނުދައްކައިފިނަމަ އެފަރާތުގެ އެހުށަހެޅުން ބާޠިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާޠިލުކޮށް، އަލުން ނީލަން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް އެންގުމުގެ ކުރިން ނުވަތަ ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދެއްކުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ރިކަވަރީ ޑިޕާޓްމަންޓާ (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.
ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ގެ ގދ. ތިނަދޫ "މިޢުރާޖް" ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑު ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.
މަތީގައި ބަޔާންކުރެވިފައިވާ ގޯތި ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
25 ޛުލްޙިއްޖާ 1437