މަސައްކަތް
ނަންބަރު: GS47/2016/99
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 05 އޮކްޓޫބަރު 2016 11:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަސައްކަތްތަކުގެ ތަފުސީލު

1– ދަރިވަރުން ބޭނުންކުރާ ފާޚާނާ ބްލޮކުގައި ހުރި ތަށިތައް ނަގައި އާ ފާޚާނާތަށި (ޓޭންކާއެކު) ބެހެއްޓުމާއި، ތަޅުމުގައި މުށިޖެހުމާއި، ފާޚާނާ ބޭރުން ދޮރުމަތީގައި އަޅާފައިވާ ތަޅުމުގައި މުށިޖެހުމާއި ފާޚާނާކޮޅުގައި މިހާރުހުރި 2 މޫނު ދޮންނަތަށި ނަގައި އާ ދެތަށި ބެހެއްޓުމާއި، މޫނުދޮންނަތަށްޓާއި ދިމާގައި 6 ފޫޓުގެ ފުރާޅެއްލައި ސީލިންގކުރުން.

2– ޕާޓިޝަން ޖަހައިގެން ޕްރިންސިޕަލް އޮފީހެއް ހެދުން.

3– ސްކޫލުން ދިދަދަނޑި ދިނުމުން މައި ޢިމާރާތުގެ ގޯތިތެރޭގައި ދެ ދިދަދަނޑި ޖަހައި އެސެމްބްލީ ޕްލެޓްފޯމު ހެދުން.

4– ހަތަރުބުރި ޢިމާރާތުގެ ބޭރު ކުދިދޮރުތައް (އެލްމެނިއަމް) މަރާމާތުކުރުން.

5– މިހާރު ބޭނުންކުރަމުންދާ 7 ނޯޓިސްބޯޑު މަރާމާތުކުރުން.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ޛުލްޙިއްޖާ 1437       

25 ސެޕްޓެންބަރު 2016