މަސައްކަތް
ނަންބަރު: MWSC-A/7/ADV/2016/106
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 01 އޮކްޓޫބަރު 2016 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ރެކްރޫޓް ކޮށްދޭނެ އެޖެންސީއެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ.އަށް ބިދޭސީ މުވައްޒަފުން ރެކްރޫޓްކޮށްދޭނެ އެޖެންސީއެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/100 ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 29 ސެޕްޓެމްބަރު 2016 އިން 04 އޮކްޓޫބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 3:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގގެ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 އޮކްޓޫބަރު 05 ވަނަ ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 06 ވަނަ ދުވަހު 15:00 ގައެވެ. ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 11:00 ގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

29 ސެޕްޓެންބަރު 2016