މަސައްކަތް
ނަންބަރު: (IUL)226-F/PRIV/2016/21
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 06 އޮކްޓޫބަރު 2016 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑްރޫމެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާގެ ގޯތިތެރޭގައި ގާޑްރޫމެއް އަޅައިދޭނެ ފަރާތެއް ހޯދަން ކުރި މި އިދާރާގެ ނަންބަރު: (IUL)226-F/PRIV/2016/20 (30 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން 3 ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ މި އިދާރާގެ މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  1. މި އިދާރާއިން ދައްކާ ކުރެހުމަކާ އެއްގޮތަށް، މި އިދާރާގެ ގޯތިތެރޭގައި ގާޑްރޫމެއް އެޅުން.
  2. ޢިމާރާތު ބޭރުގައި ހުރި ލައިޓްތަކުގެ ކަރަންޓް ވައިރިންގ ބަދަލުކުރުން
  3. މި އިދާރާގެ އޮފީސްޢިމާރާތުގެ ފުރާޅުގެ ޓިނުއިސްކުރުތައް ބަދަލުކުރުން

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 11:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 11:00ގައި މި އިދާރާގައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016