ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު: GS19-C/IUL/2016/40 ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައިނުވާތީ، ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ހއ. އަތޮޅު މަދަރުސާގެ އިމާރާތްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ޕެނަލްބޯޑެއް އަމިއްލަ ތަކެތީގައި ހަދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފިޒިކަލް ފެސިލިޓީޒް ސެކްޝަން / ވެލާނާގޭގެ 9 ވަނަ ފަންގިފިލާގައެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
4 އޮކްޓޫބަރު 2016 (އަންގާރަ) |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
11 އޮކްޓޫބަރު 2016 (އަންގާރަ) |
13:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.
24 ޛުލްޙިއްޖާ 1437