މަސައްކަތް
ނަންބަރު: (IUL)452-NNCD/452/2016/6
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 04 އޮކްޓޫބަރު 2016 09:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ ބާވަތްތަކުގައި ޖެހުމަށް ބޭނުންވާ ލޭބަލް ފަރުމާ ކުރުމާގުޅޭ

އިޢުލާން

ދުންފަތުގެ ބާވަތްތަކުގައި ޖެހުމަށް ބޭނުންވާ ލޭބަލް ފަރުމާ ކުރުމާގުޅޭ

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރާއިރު ޖަހަންޖެހޭ ލޭބަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 4 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހަޅުއްވައިދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ނިމުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުންނާނީ ރޯޝަނީ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

29 ސެޕްޓެންބަރު 2016