ނީލަން
ނަންބަރު: 113-CCD/I-2016/90
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 01 އޮކްޓޫބަރު 2016 14:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލުން

އިޢުލާން

ރާއްޖެއަށް މުދާ އެތެރެކުރުމަށްފަހު މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗް ލިސްޓުގައި)

  2. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގ ރޫމް-2 ގައި

  3. ނީލަން ކިޔަން ފެށުން: 2016 އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 16:00 ން ފެށިގެން.

  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 2016 އޮކްޓޫބަރު 01 ވާ ހޮނިހިރުދުވަހު މެންދުރުފަހު 14:30 ގެ ކުރިން މި ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ނަން ނޯޓުކުރާ ފަރާތްތަކަށެވެ. ނަން ނޯޓުކުރައްވާއިރު އައިޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

  5. ނީލަން ކިޔާ މުދާ ބެލުން: 2016 ސެޕްޓެންބަރު 30 ވާ ހުކުރުދުވަހު 16:30 ން 18:30 އަށް އަދި 2016 އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު ހެނދުނު 09:30 ން 11:30 އަށް

  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މި ކުންފުނިން ފޯރުކޮށް ދެވޭނެއެވެ.

  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެ ވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެ މުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.

  • ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ޙަވާލުވާން ވާނެއެވެ.

  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

500.00

ރ

އާ ހަމައަށް އަގުގެ

100%

1,000.00 – 501.00

ރ

އާ ހަމައަށް އަގުގެ

25%

10,000.00 – 1,001.00

ރ

އާ ހަމައަށް އަގުގެ

15%

10,001.00

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • މުދާ ދޫކުރެވޭނީ މި ކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މި ކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މި ކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.

  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލުކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި ކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.

  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މި ކުންފުނީގެ ސްޓޯރޭޖް ފީއާބެހޭ ގަވާއިދުގެ މަތިންނެވެ.

  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.

  • ނީލަމާބެހޭ މައުލޫމާތު މި ކުންފުނީގެ ވެބްސައިޓުން (www.port.com.mv)  ލިބިވަޑައިގަންނަވާނެއެވެ. 

26 ސެޕްޓެންބަރު 2016