ވަޒީފާގެ ފުރުޞަތު
ނަންބަރު: 113-HR/I-2016/89
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 05 އޮކްޓޫބަރު 2016 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު

ޓަގު އިންޖިނިއަރ

ބޭނުންވާ އަދަދު:

4

އަސާސީ މުސާރަ:

މަހަކު -/4624 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން މަހަކު -/5780 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

މަހަކު -/3000 ރުފިޔާއާއި -/4000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  • އެޑްވާންސް ސެޓްފިކެޓް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓަނެންސް ކޯހެއް ފުރިހަމަކޮށްފައިވުން
  •  ނުވަތަ މަސައްކަތާގުޅޭ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އުޅަނދުފަހަރުގައި ކުރަންޖެހޭ މަރާމާތުތައް ކުރުން.
  • މަރާމާތުކުރާ އިކުއިޕްމަންޓަށް ބޭނުންވާ ތަކެތި، އިސްކޮށް ތިބި ވެރިންނާ ގުޅައިގެން ހޯދުން.
  • އިކުއިޕްމަންޓް މަރާމާތުކުރުމަށް ބޭނުންކުރާ ޕާޓްސްއާއި، ޓޫލްސްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުން.
  • އެކިއެކި މަސައްކަތުގައި ބޭނުންކުރާ ޓޫލްސްތައް އެ މަސައްކަތެއް ނިމުމުން ސާފުކޮށް ރައްކާކުރުން.
  • ދުވަަހުން ދުވަހަށް އުޅަނދުފަހަރުގައި ކުރަން ހުރި މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
  • މެރިން ވެސަލްސްތައް ގަވާއިދުން މެއިންޓަނަންސް ކުރުމުގެ މަސައްކަތް ކުރުން.
  • މަސައްކަތް ކުރުމުގައި މީހުންނަށާއި ތަކެއްޗަށް ގެއްލުން ނުލިބޭގޮތަކަށް މަސައްކަތްކުރުމާއި މަސައްކަތުގެ މާހައުލު ސާފުކޮށް ބެލެހެއްޓުން.
  • މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާއި ޕްރޮސީޖަރތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރުން.
  • ކޮންމެ ދުވަހަކުވެސް އޮޕަރޭޝަނަށް ނުކުތުމުގެ ކުރިން ޓަގުތަކުގައި ޗެކުކުރަން ހުންނަ ކަންތައްތައް ޗެކުކޮށް ރަނގަޅުތޯ ބެލުން.
  • ޓަގުތަކުގެ ދަތުރުތަކުގައި އިންޖީނާއި އުޅަނދުގެ އެހެން ސިސްޓަމްތަކުގެ އެލާމްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • މީގެ އިތުރުން މަޤާމުގެ ވާޖިބުތަކާ ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާ މަސައްކަތްތައް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު

ސުންގަޑި:

2016 އޮކްޓޫބަރު 05 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމު  މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު ވިއްސަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތެކެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

 

 

 

 

 

 

 

 

 

 

 

 

 

 

 

28 ސެޕްޓެންބަރު 2016