ދިވެހިރާއްޖެ
އިޢުލާން
އެޗް.އާރު ސޮފްޓްވެއަރ ގަންނަން ބޭނުންވެއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިޢުލާނު ނަންބަރު 170-B/I/2016/108 ގައިވާ އެޗް.އާރު ސޮފްޓްވެއަރއަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލައިފީމެވެ.
ވީމާ، ބަޔާން ކުރެވިފައިވާ ސޮފްޓްވެއަރ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރުމަށް |
2016 އޮކްޓޫބަރު 05 ވަނަ ދުވަހުގެ 11:00 އަށް |
2016 އޮކްޓޫބަރު 02 ވަނަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
28 ޛުލްޙިއްޖާ 1437