މަސައްކަތް
ނަންބަރު: (IUL)258/2016/9
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 11 އޮކްޓޫބަރު 2016 13:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު އެރީނާ ތަރައްޤީކުރުމާބެހޭ

އިޢުލާން

ކުޅިވަރު އެރީނާ ތަރައްޤީކުރުމާބެހޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން ހަނިމާދޫ ސްޕޯޓްސް އެރިނާ ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ހަނިމާދޫ ބޯޅަދަނޑުގައި އެޅުމަށް ހަމަޖެހިފައިވާ ޓްރެކް އެޅުމަށާއި، ބާސްކެޓްކޯޓު އެޅުމުގެ މަސައްކަތް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލުގެ ނަންބަރު: (IUL)258/2016/82 (24 އޮގަސްޓު 2016) އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 13.30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1437

25 ސެޕްޓެންބަރު 2016