މަސައްކަތް
ނަންބަރު: GS62/I/2016/40
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 19 އޮކްޓޫބަރު 2016 10:00
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ކަރަންޓް ޕެނަލް ބެހެއްޓުމަށް ބޭނުންވެއްޖެ

އިޢުލާން

މި ސްކޫލްގެ ނަންބަރު GS62/I/2016/38 އިއުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުގައި މިހާރު ޢިމާރާތް ކުރަމުންދާ ދެބުރި ޢިމާރާތަށް ކަރަންޓުލުމަށްޓަކައި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ގަބޫލުކުރާ ޕެނަލެއް މެދުވެރިކޮށް، 100 އެމްޕިއަރުގެ ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން: 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހުގެ 10:00 ގައި މަރަދޫ ސްކޫލުގައެވެ.
  • އަންދާސީހިސާބު ހުށަހެޅުން: 2016 އޮކްޓޫބަރު 19 ވާ ބުދަ ދުވަހުގެ 10:00 ގައި މަރަދޫ ސްކޫލުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

27 ސެޕްޓެންބަރު 2016