ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2016/67
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 13 އޮކްޓޫބަރު 2016 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ މޭ 21 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސް އށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވި މީހުންނަށް ދޭ ސެޓުފިކެޓު ދޫކުރުން

އިޢުލާން

2016 ވަނަ އަހަރުގެ މޭ 21 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވި މީހުންނަށް ދޭ ސެޓުފިކެޓު ދޫކުރުން

2016 ވަނަ އަހަރުގެ މޭ 21 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވި މީހުންނަށް ދޭ ސެޓުފިކެޓު 2016 އޮކްޓޫބަރު 03 ވާ ހޯމަ ދުވަހުން ފެށިގެން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުންނާއި އެ ކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެއެވެ. ސެޓުފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30 އަށެވެ.

މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓުފިކެޓާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ހަވާލުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓުފިކެޓު ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި، ހަވާލުވާން އަންނަ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. 

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016