ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)383/383/2016/97
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 02 އޮކްޓޫބަރު 2016 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ގަތުމަށް

އިޢުލާން

އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ހޯދުމާ ގުޅޭ:

މި ކައުންސިލުން އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ގަތުމަށް 2 ފަހަރު އިޢުލާނުކުރެވި ބިޑް ހުށަހަޅާފައިނުވާތީ، 3 ވަނަ ފަހަރަށް އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް ގަތުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 2 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތަކުން ހުށަހަޅާ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއަކާއި، މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ނަންބަރު 6780701 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

24 ޛުލްޙިއްޖާ 1437

26 ސެޕްޓެންބަރު 2016