ދިވެހިރާއްޖެ
އިޢުލާން
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްތައް ސްމާޓްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް
މި މަރުކަޒުގެ ކުލާސްތައް ސްމާޓްކުރުމަށްޓަަކައި ޓީވީއާއި، ޕްރޮޖެކްޓަރު އަދި އިންސްޓޯލްކުރަން ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: GS40/2016/39 (25 އޮގަސްޓު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ، ނުވަތަ ވިޔަފާރިއެއްގެ ނަމުގައިނަމަ، އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.