ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-107 /2016/25
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 10 އޮކްޓޫބަރު 2016 10:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް

އިޢުލާން

ވަގުތީ ހަތަރު ކުލާސްރޫމަށް ފަރުނީޗަރު ހޯދުމާބެހޭ:

މި ސްކޫލުގެ ހަތަރު ކްލާސްރޫމަށް ފަރުނީޗަރު ހޯދުމަށް ކުރެވުނު ނަންބަރު: GS-107/2016/22(6 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެ މަސައްކަތަށް ކުރިމަތިލައި، މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.

  • 120 ސެކަންޑަރީ ޑެސްކު
  • 120 ސެކަންޑަރީ ގޮނޑި
  • 4 ވައިޓްބޯޑު
  • 4 ޓީޗަރސް ޑެސްކު
  • 4 ޓީޗަރސް ގޮނޑި
  • 4 ކްލާސްރޫމް ކަބަޑު

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

25 ޛުލްޙިއްޖާ 1437

26 ސެޕްޓެންބަރު 2016