ކުއްޔަށް ހިފުން
ނަންބަރު: (IUL)434-A/1/2016/71
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 13 އޮކްޓޫބަރު 2016 00:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ގުދަނެއް ދެ އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އެޖެންސީގެ ބޭނުމަށް 120 އަކަފޫޓާއި 180 ފޫޓާ ދެމެދުގެ ގުދަނެއް 2 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/64 (28 އޮގަސްޓު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

06 އޮކްޓޫބަރު 2016

ބުރާސްފަތި

10:00 (ހެނދުނު)

އަންދާސީހިސާބު ހުށަހެޅުއްވުން

12 އޮކްޓޫބަރު 2016

ބުދަ

10:00 (ހެނދުނު)

27 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016