| 
 މަޤާމު 
 | 
 ސިސްޓަމް އެޑްމިނިސްޓްރޭޓަރ 
 | 
| 
 އޮފީސް 
 | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ 
 | 
| 
 ބޭނުންވާ އަދަދު 
 | 
1 (އެކެއް) | 
 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  
 | 
| 
 މުސާރަ 
 | 
މަހަކު -/15،000 ރުފިޔާ | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ 
 | 
| 
 ސެކްޝަން 
 | 
 އައި.ޓީ 
 | 
| 
 ވަޒީފާގެ ބާވަތް 
 | 
 ކޮންޓްރެކްޓް 
 | 
| 
 މަސައްކަތުގެ މުއްދަތު 
 | 
 6 މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއަށް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) 
 | 
| 
 މަސައްކަތުގެ ވަގުތު 
 | 
 ރަސްމީ ދުވަސްތަކުގައި 08:00 ން 14:00 އަށް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- އެޕްލިކޭޝަންތަކަށް ބޭނުންވާ އައި.ޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތްކުރުން.
 
- އެސް.ޕީ.އައި.އެސް ސިސްޓަމް ތަރައްޤީކޮށް ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
 
- ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ މަސައްކަތްތައް އެފިޝިއަންޓު ކުރުމަށްޓަކައި އެސް.ޕީ.އައި.އެސް ސިސްޓަމަށް ބޭނުންވާ މޮޑިއުލްތައް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ކުރުން.
 
- މި އެޖެންސީގެ މަސައްކަތް ހަލުވިކުރުމަށާއި އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ސޮވްޓްވެއަރ ދެނެގަނެ ސޮފްޓްވެއަރ ޑިޒައިންކުރުމުގެ މަސައްކަތްކުރުން.
 
- އޮފީހުގެ މަސައްކަތަކާ ގުޅިގެން ހަދަންޖެހޭ ސޮފްޓްވެއަރތަކުގެ ކޯޑުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތްކުރުން
 
- މިހާރު މި އެޖެންސީގައި ޤާއިމުކުރެވިފައިވާ ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމާއި މެއިންޓެނަންސްގެ މަސައްކަތްކުރުން
 
- ޕޯސްޓެގްރެސް ސާވަރ، މައި.އެސް.ކިއު.އެލް، ރެޑިސް، ކޮންސަލް ޑިޕްލޯއިމަންޓް އަދި މިނޫންވެސް މިފަދަ ޓެކްނޮލޮޖީސް ބޭނުންކޮށްގެން އެޕްލިކޭޝަންތައް ހޮސްޓުރުމަށް ސޮޕްޓްވެއަރ އިންފްރާސްޓަކްޗަރެއް ޤާއިމުކުރުމާއި މެއިންޓެއިންކުރުމުގެ މަސައްކަތްކުރުން.
 
- މި އެޖެންސީގެ އެޕްލިކޭޝަންތައް ބޭރުގެ އެހެން މުއަސަސާތަކުގެ އެޕްލިކޭޝަންތަކާއި އިންޓަރގްރޭޓްކުރުމުގެ މަސައްކަތްކުރުން.
 
- މިހާރު ބޭނުންކުރާ ޑޭޓާ އަލަށް އުފައްދާ އެޕްލިކޭޝަންސްތަކައް މައިގްރޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން.
 
- މި އެޖެންސީގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންތައް ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަ ޖޮބް ޓްރެއިނިންގގެ ގޮތުގައި ހިންގުން.
 
- މި އެޖެންސީގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންސްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަ ޖޮބް ޓްރެއިނިންގގެ ގޮތުގައި ހިންގުން.
 
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން އިސްވެރިން ހަވާލުކުރާ އެންމެހައި މަސައްކަތްކުރުން
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކެ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް، އެންގިއުލަރ ޖޭއެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭހަކަށް ބޭނުންކޮށްގެން މަދުވެގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވުން. ނުވަތަ
 
 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް، އެންގިއުލަރ ޖޭ.އެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭހަކަށް ބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި ޢަމަލީގޮތުން މަސައްކަތް ކޮށްފައިވުން.
 
 
 | 
| 
 މަޤާމު 
 | 
 ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ  
 | 
| 
 ބޭނުންވާ އަދަދު 
 | 
 1 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  
 | 
| 
 މުސާރަ 
 | 
-/15،000 ރުފިޔާ | 
| 
 މަސައްކަތްކުރަންޖެހޭ ތަން 
 | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ 
 | 
| 
 ސެކްޝަން 
 | 
 އައި.ޓީ 
 | 
| 
 ވަޒީފާގެ ބާވަތް 
 | 
 ކޮންޓްރެކްޓް 
 | 
| 
 މަސައްކަތުގެ މުއްދަތު 
 | 
 6 މަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) 
 | 
| 
 މަސައްކަތުގެ ވަގުތު 
 | 
 ރަސްމީ ދުވަސްތަކުގައި 08:00 ން 14:00 އަށް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
 1- މި އެޖެންސީގެ މަސައްކަތް ހަލުވިކުރުމަށާއި އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ސޮވްޓްވެއަރ ދެނެގަނެ ސޮފްޓްވެއަރ ޑިޒައިންކުރުމުގެ މަސައްކަތްކުރުން. 
2- އޮފީހުގެ މަސައްކަތަކާ ގުޅިގެން ހަދަންޖެހޭ ސޮފްޓްވެއަރތަކުގެ ކޯޑުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތްކުރުން 
3- މިހާރު މި އެޖެންސީގައި ޤާއިމުކުރެވިފައިވާ ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމާއި މެއިންޓެނަންސްގެ މަސައްކަތްކުރުން. 
4- ޕޯސްޓެގްރެސް ސަރވަރ، މައި.އެސްކިއުއެލް، ރެޑިސް، ކޮންސަލް ޑިޕްލޯއިމަންޓް އަދި މިނޫންވެސް މިފަދަ ޓެކްނޮލޮޖީސް ބޭނުންކޮށްގެން އެޕްލިކޭޝަންތައް ހޮސްޓްރުމަށް ސޮޕްޓްވެއަރ އިންފްރާސްޓަކްޗަރއެއް ޤާއިމުކުރުމާއި މެއިންޓެއިންކުރުމުގެ މަސައްކަތްކުރުން. 
5- މި އެޖެންސީގެ އެޕްލިކޭޝަންތައް ބޭރު އެހެން މުއަސަސާތަކުގެ އެޕްލިކޭޝަންތަކާއި އިންޓަރގްރޭޓްކުރުމުގެ މަސައްކަތްކުރުން. 
6- މިހާރު ބޭނުންކުރާ ޑޭޓާ އަލަށް އުފައްދާ އެޕްލިކޭޝަންތަކައް މައިގްރޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން. 
7- މި އެޖެންސީގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންތައް ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަ ޖޮބް ޓްރެއިނިންގގެ ގޮތުގައި ހިންގުން 
8- މި އެޖެންސީގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން  ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަ ޖޮބް ޓްރެއިނިންގގެގޮތުގައި ހިންގުން 
9- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން އިސްވެރިން ހަވާލުކުރާ އެންމެހައި މަސައްކަތްކުރުން 
 | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް، އެންގިއުލަރ ޖޭއެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭހަކަށް ބޭނުންކޮށްގެން މަދުވެގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި ޢަމަލީގޮތުން މަސައްކަތް ކޮށްފައިވުން. ނުވަތަ
 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް، އެންގިއުލަރ ޖޭ.އެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭހަކަށް ބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި ޢަމަލީގޮތުން މަސައްކަތް ކޮށްފައިވުން.
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
  | 
| 
 ޢިނާޔަތްތައް 
 | 
 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މި އެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އެޖެންސީގެ www.nspa.gov.mv ވެބްސައިޓުން ޑައުންލޯޑްކުރެއްވޭނެއެވެ.)
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
 
  | 
| 
 ސުންގަޑި 
 | 
 ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުއްވާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކޮޝަން އެޖެންސީ (މއ. ދޮންވެލި، އަމީނީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
 މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަވިއުކުރުން އޮންނާނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަންވާނެއެވެ. 
ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭނީ ތައުލީމާއި ތަޖުރިބާގެ ހުރިހާ ކަންތައްތަކެއް ފުރިހަމަވެފައިވާ ފަރާތްތަކެވެ.   
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ މި އެޖެންސީގެ ނަންބަރު 1402 ނުވަތަ 3005353 އާ ގުޅުއްވުން އެދެމެވެ. 
 |