މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/194
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 03 ނޮވެންބަރު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން އޮފް ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރު: TES/2016/C-018

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ކޮންސަލްޓެންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން އޮފް ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

(ލޯން ނަންބަރު 1669B)

1. އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފެނުގެ ނިޒާމު ގާއިމުކުރުމުގެ ކޮމްޕޯނަންޓުގެ ދަށުން 9 ރަށުގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ސުޕަވައިޒްކުރުމަށްޓަކައި ސުޕަރވިޝަން ކޮންސަލްޓެންޓެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

2. މި ކޮންސަލްޓެންސީ މަސައްކަތްތަކުގެ ތެރޭގައި ފެނު ނިޒާމުގެ ޢަމަލީ މަސައްކަތް ސްޕަވައިޒް ކުރުން، ޕްރެލިމިނަރީ ޑިޒައިން ޗެކްކުރުން، މެޓީރިއަލް ޗެކްކުރުން، މަސައްކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރެންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓް ކޮންޓްރޯލާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދައި، އޮފިޑް ޕީ.އެމް.ޔޫއަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން އެކްސެޕްޝަން ޓެސްޓްތައް ސުޕަވައިޒްކޮށް، ބޭނުންވާ ސެޓުފިކެޓުތަކާއި ރިޕޯޓުތައް ހަދައި ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓެނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތުގެ މުއްދަތަކީ 18 މަސްދުވަހެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

4. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2016 އިން 03 ނޮވެންބަރު 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި ދަޢުވަތުގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މި މަސައްކަތުގެ އާރް.އެފް.ޕީ މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

6. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:00ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އަޙުމަދު މުޖުތަބާ

ޑިރެކްޓަރ ޖެނަރަލް

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 102 3349 960+

އީ މެއިލް: [email protected]

27 ސެޕްޓެންބަރު 2016