ނީލަން
ނަންބަރު: J-2016/220
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 03 އޮކްޓޫބަރު 2016 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަންކިޔުން

އިޢުލާން

މި ކުންފުނީގެ ގަރާޖުތެރޭގައާއި، މި ކުންފުނީގެ ފަރާތުން ހިންގަމުންގެންދާ ހުޅުމާލޭ އިންޖީނުގޭގައި ހުރި ހަލާކުވެ ބޭނުން ނުކުރެވޭ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ފިލްޓަރތަކެއް
  • 01 ކޭމް ޝާފްޓް
  • 03 ޓްރާންސްފޯމަރ އާރތް ސްވިޗިންގ ގިއަރ
  • 03 ޓްރާންސްފޯމަރ KVA 315
  • 02 ޑައިނަމޯ
  • 03 ދޮންނަ މެޝިން
  • 02 ވީލްބަރޯ
  • 02 ފޮޓޯކޮޕީ މެޝިން
  • ބައު ސާމާނުތަކެއް

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/20,000 ރުފިޔާ (ވިހި ހާސް) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/1,000 ރުފިޔާ (އެއް ހާސް) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން، އެ ތަކެތި ބައްލަވާލައިވައި މަޢުލުމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ % 50 އަށް ވާ -/10,000 (ދިހަ ހާސް) ރުފިޔާގެ ޑިޕޮޒިޓް ދެއްކުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7905625 , 7793503 ފޯނާގުޅުވުން އެދެމެވެ.

24 ޛުލްޙިއްޖާ 1437 

26 ސެޕްޓެންބަރު 2016