މުބާރާތް
ނަންބަރު: (IUL)101-EP/1/2016/174
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 19:09
ސުންގަޑި: 12 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
5 ބެސްޓް އެޕް ޗެލެންޖް 2016

އިޢުލާން

5 ބެސްޓް އެޕް ޗެލެންޖް 2016
މި މިނިސްޓްރީގެ ނަންބަރު IUL)101-EP/1/2016/168) (07 ސެޕްޓެންބަރު 2016) ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އިންޑަސްޓްރީ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މި ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހޯދަދިނުމުގެ ގޮތުން މުޖުތަމަޢަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ އުފެއްދުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރީ ކުރުމުގެ މުއްދަތު، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން 12 އޮކްޓޫބަރު 2016 ގެ 14:00 އަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.        

މި މުބާރާތުގައި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ ބައިވެރިކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ 5 ދާއިރާއިންނެވެ.

  1. ޓޫރިޒަމް ސެކްޓަރ

  2. އެޑިޔުކޭޝަނަލް ސެކްޓަރ

  3. ހެލްތު ކެއަރ

  4. ފިޝަރީޒް އެންޑް އެގްރިކަލްޗަރ

  5. އޯޕަން ކެޓެގަރީ

މަތީގައި ބަޔާންކޮށްފައިވާ 5 ދާއިރާއިން މުޖުތަމަޢަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަންތަކާއި، ސޮފްވެއަރތައް ބައިވެރިކުރާ ފަރާތްތަކުން، އެ ފަރާތްތަކުން ބައިވެރިކުރާ ސޮފްޓްވެއަރގެ ޕްރެޒެންޓޭޝަން ދިނުން އޮންނާނީ 2016 އޮކްޓޫބަރު 17 އިން 18 އަށެވެ. އަދި މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު، މި މުބާރާތާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕަރުން ލިބިވަޑައިގަންނަވާނެއެވެ.

މި މުބާރާތުގެ ކޮންސެޕްޓާއި ބައިވެރިވުމަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދި ރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން، އަލުން ރަޖިސްޓަރީވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016