ތަމްރީނު
ނަންބަރު: 25-A5/REF/2016/74
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 04 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ތަމްރީންހޯދުމަށް މަސައްކަތުގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ މަސައްކަތަށް އަހުލުވެރިވެ ތަމްރީން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މި މިނިސްޓްރީން ހުޅުވާލައިފީމެވެ. މި ތަމްރީން ޕްރޮގްރާމުގެ މަޤުޞަދަކީ، ފޮރިންސާވިސްގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ބައިނަލްއަޤްވާމީ ދާއިރާގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމާބެހޭ އިތުރު މަޢުލޫމާތާއި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.

- މި ތަމްރީންގައި އުޅޭ ދުވަސްވަރު މުސާރައެއް ނުވަތަ އުޖޫރައެއް މި މިނިސްޓްރީއަކުން ނުލިބޭނެއެވެ.

- މި ތަމްރީން ފުރަތަމަ ހުޅުވައި މިލަނީ 3 މަސްދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެއް އަހަރުދުވަހަށްވެސް މުއްދަތު އިތުރުކުރެވިދާނެއެވެ.

- މިކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރާނީ، ފުރަތަމަ ޑިގްރީ ފުރިހަމަކުރަމުންދާ ފަރާތްތައް ނުވަތަ މާސްޓަރސް ފުރިހަމަކުރަމުންދާ ފަރާތްތައް ނުވަތަ ޖީ.ސީ.އެސް.އީ އެޑްވާންސްޑް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.

- މި ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރައަކީ 18 އަހަރާއި 30 އަހަރާ ދެމެދެވެ.

- މި ޕްރޮގްރާމަށް މީހުން ހޮވާނީ، ލިބިފައިވާ ސަނަދާއި ހުނަރާއި މި މިނިސްޓްރީގެ ބޭނުމަށް ފެތޭތޯ ބެލުމަށްފަހުއެވެ.

- އެކަށީގެންވާ ކަމަށް ފެންނަ މީހުންނާ ވަކީން އިންޓަވިއު ކުރެވޭނެއެވެ.

މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ މީހުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި މިނިސްޓްރީއަށް 2016 އޮކްޓޫބަރު 4 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ސީވީއާއެކު ސިޓީ ފޮނުވުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ [email protected] މި އީމެއިލް އެޑްރެހަށް އީ މެއިލް ކުރެއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2016