ދިވެހިރާއްޖެ
އިޢުލާނު
ޓޯކަން ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ ޓޯކަން ސިސްޓަމް ހޯދުމަށް ކުރި އިޢުލާނު ނަންބަރު:106/A)AB-2016) އާ ގުޅިގެން ދީފައިވާ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
28 ސެޕްޓެންބަރު 2016 |
ބުދަ |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
05 އޮކްޓޫބަރު 2016 |
ބުދަ |
14:00 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
24 ޛުލްޙިއްޖާ 1437