ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭ ފުޓްސަލްދަނޑާބެހޭ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ދާންދޫ ސްޕޯޓްސް އެރީނާ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެހައި މަސައްކަތްތައް (ޕިޗުގެ ގުރައުންޑް މަސައްކަތްތަކާއި ލައިޓް ޕޯސްޓް ޖެހުމާއި ބެންޗު ހެދުން) އެ މިނިސްޓްރީން މި އިދާރާއަށް ދެއްވާފައިވާ އިރުޝާދާއި މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރު (IUL)410-P/410/2016/34 އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މާކްސް ދެވޭނެ ކްރައިޓީރިއާ
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
- މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް - މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާ އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ. |
75% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
- އިމާރާތްކުރުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާ އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ. |
15% |
ތަޖުރިބާ |
(Benchmark Duration / Submitted Duration) x Allocated Percentage |
- މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް - މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް - މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށެވެ. |
10% |
މުއްދަތު |
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުން
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ނަމަވެސް މަޢުލޫމާތު ސާފުކުރުމަށް ހާޒިރު ނުވެވޭ ފަރާތްތަކުން އެކަން ބަޔާންކޮށް، މައުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން މި އިދާރާއަށް ސިޓީއަކުން އަންގަންވާނެއެވެ. ސިޓީ މި އިދާރާގެ ނަންބަރު 6820126 ފެކްސްއަށް ފެކްސް ނުވަތަ މެއިލް [email protected] އަށް މެއިލް ކުރެވިދާނެއެވެ. އަދި މި އިދާރާގެ ނަންބަރު 6820026 ފޯނަށް ގުޅައިގެން ބޭނުންވާ މަޢުލޫމާތު ހޯދައި މަޢުލޫމާތު ލިބިގަނެ އެކަން ކަށަވަރުކުރަންވާނެއެވެ.
އަގު ހުށަހަޅަންވާނީ، މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ދެވޭ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ދެއްވާފައިވާ ބީ.އޯ.ކިއު ފޯމެޓްގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެ ފަރާތަކާ ހަވާލުކުރިކަން ބަޔާންކޮށްފައިވާ ސިޓީއެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
18 ޛުލްޙިއްޖާ 1437