މަސައްކަތް
ނަންބަރު: (IUL)251-MS/251/2016/89
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 29 ސެޕްޓެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނު ފުޓްބޯޅަދަނޑުގެ ފެންސް މަރާމާތުކުރުމަށާއި، ބޯޅަދަނޑުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދިއްދޫ ދެކުނު ފުޓްބޯޅަދަނޑުގެ ފެންސް ހަލާކުވެފައިވާތީ ފެންސް މަރާމާތުކުރުމަށާއި، ބޯޅަދަނޑުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ބުރާސްފަތިދުވަހުގެ 13:00 އަށް ދިއްދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 13:00 އަށް ދިއްދޫ ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރިއެއްނުވެވޭނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ވިޔަސް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ޛުލްޙިއްޖާ 1437

24 ސެޕްޓެންބަރު 2016