މަސައްކަތް
ނަންބަރު: (IUL)23-AP/23/2016/76
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 09 އޮކްޓޫބަރު 2016 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭނުމަށް ޓެބްލެޓް، ޕެން ސްކޭނަރ އަދި ބާކޯޑް ރީޑަރ ސަޕްލައިކޮށްދޭ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭނުމަށް ޓެބްލެޓް، ޕެން ސްކޭނަރ އަދި ބާކޯޑް ރީޑަރ ސަޕްލައިކޮށްދޭ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 9 ވާ އާދީއްތަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ސެޕްޓެންބަރު 2016