ދިވެހިރާއްޖެ
އިޢުލާން
ބިން ކުއްޔަށް ދޫކުރުމާ ބެހޭ:
ތިރީގައި މި ދަންނަވާ ބިންތައް 10 (ދިހަ) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރި ނަންބަރު (IUL)347/347/2016/47 (13 ޖުލައި 2016) އިޢުލާނާއި، ނަންބަރު (IUL)347/347/2016/51 (2 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮކްޓޫބަރު 9 ވަނަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ، މި އިދާރާއިން ދޫކުރި ބިޑްފޯމު މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.
2016 އޮކްޓޫބަރު 4 ވަނަ ދުވަހު ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބިޑްފޯމު ދޫކުރެވޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނޭފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. ޕޮއިންޓް ދެވޭނޭގޮތުގެ އުސޫލު ބިޑްފޯމުގައި ހިމެނިފައިވާނެއެވެ.
ބިންތަކުގެ މަޢުލޫމާތު:
| 
 #  | 
 ބިން އޮތްތަން  | 
 ބިމުގެ ނަންބަރު  | 
 ބިމުގެ ބޮޑުމިން  | 
 ބިމުގައި ކުރެވޭނެ މަސައްކަތް  | 
| 
 1  | 
 ދެކުނު ބަނދަރުގެ އިރުމަތީ ބެޑު  | 
 2  | 
 416 އަކަފޫޓު  | 
 ވަޑާންގެ، ވާރކްޝޮޕް ހެދުން  | 
| 
 2  | 
 ދެކުނު ބަނދަރުގެ އިރުމަތީ ބެޑު  | 
 3  | 
 416 އަކަފޫޓު  | 
 ވަޑާންގެ، ވާރކްޝޮޕް ހެދުން  | 
| 
 3  | 
 ދެކުނު ބަނދަރުގެ އިރުމަތީ ބެޑު  | 
 4  | 
 416 އަކަފޫޓު  | 
 ގުދަން، ގަރާޖު ހެދުން  |